ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު ބޭނުންކުރެއްވުމަށް ގާނޫނުން ކަނޑައަޅާފައި އޮންނަ ކ. އާރަށަށް އާންމުކޮށް ވަޑައިގަންނަވަނީ ފުޓްބޯޅަ ކުޅުއްވަންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިހާރު ކުރިއަށް ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ވިދާޅުވީ، އާރަށަށް އާންމުގޮތެއްގައި ވަޑައިގަންނަވަނީ މާލޭގައި ފުޓްބޯޅަ ކުޅުއްވަން އުނދަގޫފުޅުވާތީ އެކަން ކުރައްވަން ކަމަށެވެ. އަދި އެކަމަށް މިހާތަނަށް ހަރަދު ވެފައިވަނީ 844،635 ރުފިޔާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު ވަރަށް ކުރާ ހިތްވާ ކަމެއް ފުޓުބޯޅަ ކުޅުމަކީ. ދެން ކުޑައިރު އެކަން ކުރަން އުޅެ ނުވެސް ވެފައި މިހުރީ ވެސް. ދެން ސިއްހަތު ރަނގަޅަށް ބެހެއްޓުމަށާއި ކަސްރަތު ކުރަން ބަލާއިރު ފުޓްސަލް ދަނޑެއް އާރަށުގައި އެބައޮވޭ ރަނގަޅު ފެންވަރުގައި ހަދާފައި ކުރީގައި. މާލޭގައި ހުރި ފުޓްސަލް ދަނޑުތަކަށް ދާންވެއްޖެއްޔާ ޓްރެފިކް ވަރަށް ތާށި ބޮޑު،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އާންމުގޮތެއްގައި ހަފްތާއަކު ތިން ދުވަހު އެ ރަށަށް ވަޑައިގަންނަވާ ކަމަށެވެ. އަދި އެމްއެންޑީއެފުން އެއްކުރައްވާފައިވާ މައުލޫމާތަށް ބަލާއިރު ވެރިކަމަށް ވަޑައިގެންނެވިފަހުން މިހާތަނަށް 116 ފަހަރު އެ ރަށަށް ވަޑައިގަންނަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އޭގެ ތެރެއިން 85 ފަހަރަކީ ފުޓްބޯޅަ ކުޅުއްވަންކަމަށް ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރުން 31 ފަހަރަކީ އާއިލާ އާއެކު ވަޑައިގެންނެވި ފަހަރުކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވެފައިވަނީ، އާރަށަށް އާއިލާއާ އެކު ވަޑައިގެން ދައުލަތުގެ ފައިސާއިން ބޭކާރު ހަރަދުތަކެއް ކުރައްވާކަމުގެ ތުހުމަތުތައް މީސްމީޑިއާގައި އިދިކޮޅު ފަރާތްތަކުން ކުރަމުން ދަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު