ކެންސަރަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު އެންމެ ގިނަ މީހުން ތަހައްމަލު ކުރަމުންދާ އެއް ބައްޔެވެ. މި ބަލީގައި ހަށިގަނޑުގެ ސެލްތައް އާދަޔާ ޚިލާފަށް އަވަހަށް އިތުރުވެ، އެހެން ގުނަވަންތަކަށް ފެތުރެމުންދެއެވެ. ދުނިޔޭގެ ގިނަ ގައުމުތަކެކޭ އެއްފަދައިން ރާއްޖޭގައިވެސް މި ބަލީގެ ބިކާރައަކަށްވާ މީހުން ދަނީ ދުވަހުން ދުވަހަށް އިތުރު ވަމުންނެވެ. މި ބަލި މުޖްތަމައުގައި ވަރަށް އާންމު ވެފައިވީނަމަވެސް، ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެނެސްގެން ކެންސަރުގެ ރިސްކު ކުޑަކުރެވިދާނެއެވެ.
ތިރީގައި މި ހިމަނާލަނީ ކެންސަރުގެ ރިސްކު ކުޑަކުރަން ކުރަންވީ 3 ކަމެކެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުން
ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ކެންސަރު ޖެހުމުގެ އެންމެ ބޮޑު އެއް ސަބަބެވެ. ދުންފަތުގައި އެކުލެވޭ ކެމިކަލްތަކަކީ ހަށިގަނޑުގެ ސެލްތަކަށް ގެއްލުން ދީ، ޑީއެންއޭ އަށް ބަދަލު ގެނުވާ ތަކެއްޗެވެ. މީގެ ސަބަބުން ފުއްޕާމޭގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. އެހެންކަމުން، ދުންފަތުގެ އިސްތިއުމާލު ކުރާ ފަރާތްތަކުން މިކަން ވަގުތުން ހުއްޓާލުމަކީ ކެންސަރުގެ ރިސްކު ކުޑަކުރުމަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅެވެ.
ރަނގަޅު ކާނާ ކެއުން
މޭވާއާއި ތަރުކާރީ ހިމެނޭ ކާނާ، އަދި ގިނަ އަދަދަކަށް ފައިބަރު ހިމެނޭ ކާނާ ކެއުމަކީ ކެންސަރުގެ ރިސްކު ކުޑަކުރުމަށް ކުރެވިދާނެ ކަމެކެވެ. އަދި ޕްރޮސެސްކޮށްފައި ހުންނަ ކާނާ މަދުކުރުމަކީވެސް މި ބަލީގެ ރިސްކު ކުޑަކުރުމަށް މުހިންމު ކަމެކެވެ. ރަނގަޅު ކާނާ ކެއުމާއި ދުޅަހެޔޮ ހަށިގަނޑެއް ހިފެހެއްޓުމަކީ ކެންސަރު ބަލިން ދުރުވާން ބޭނުންވާނަމަ ކޮންމެހެންވެސް ކުރަންޖެހޭ ކަންކަމެވެ.
މެޑިކަލް ޗެކަޕް ހެދުން
ކެންސަރު ބަލި އަވަހަށް ދެނެގަނެވިއްޖެނަމަ، އެ ބައްޔަށް ފަރުވާ ކުރުމުގެ ޗާންސު އިތުރުވެއެވެ. އެހެންކަމުން، އުމުރުން 40 އަހަރުން މަތީގެ ފަރާތްތަކުން އަހަރަކު އެއްފަހަރު މެޑިކަލް ޗެކަޕް ހެދުމަކީ ވަރަށް މުހިންމު ކަމެކެވެ. ޚާއްޞަކޮށް އަންހެނުންގެ މެމޮގްރާމް އާއި ޕެޕް ސްމިއަރ ޓެސްޓް، އަދި ފިރިހެނުންގެ ޕްރޮސްޓޭޓް ޓެސްޓް ފަދަ ޓެސްޓުތައް ގަވާއިދުން ހެދުމަކީ ކެންސަރު އަވަހަށް ދެނެގަތުމަށް އެހީތެރިވެދޭނެ ކެމެކެވެ. އަދި ހަށިގަނޑުގައި އާދަޔާ ޚިލާފު ބަދަލެއް ފާހަގަކުރެވިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަކަށް ދެއްކުމަކީވެސް މުހިންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު