އިއްޔެ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުން އެކަނިވެސް، ނޫސްވެރިކަމަށް ރައީސް މުއިއްޒު ދެއްވާ އަހަމިއްޔަތުކަން ހާމަވެގެން ހިނގައްޖެކަމަށް ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެއްޖެ އެވެ.
އިއްޔެ ރައީސް މުއިއްޒު ނޫސްވެރިންގެ ބައްދަލުވުން ފެއްޓެވީ ހެނދުނު 10 ޖެހިއިރު އެވެ. އަދި ނަމާދަށާއި އެހެނިހެން ކަންކަމަށް ބްރޭކް ނެންގެވުމަށް ފަހު އެމަނިކުފާނު އެ ބައްދަލުވުން ނިންމަވާލެއްވީ ރޭގަނޑު 12 ވެސް ޖެހިފަހުން ނެވެ. އެެއާއެކު އެ ބައްދަލުވުން ޖުމްލަ 14 ގަޑިއިިރަށް ވުރެ ގިނައިރު ކުރިއަށް ދިޔަ އެވެ.
އެ ބައްދަލުވުމަށް ތައުރީފްކުރައްވައި މުހުތާޒް އެކްސްގައި ވިދާޅުވީ އިއްޔެ ރައީސް މުއިއްޒު ނޫސްވެރިންނަށް ދެއްވީ މިނިވަންކަން ރަމްޒުކޮށްދޭ އަގުހުރި ހަދިޔާއެއް ކަަމަށެވެ. އަދި ރައީސް ބޭއްވެވި ބައްދަލުވުމުގައި ވަކި މީޑިއާއެއް ތަފާތުނުކުރެއްވިކަން ވެސް މުހުތާޒް ފާހަގަކުރެއްވި އެވެ.
"[އަދި] މުޅި ދުވަސް ނޫސްވެރިންނާއެކު ހޭދަކުރެއްވުން ރަމްޒުކޮށްދިނީ ނޫސްވެރިކަމުގެ މިނިވަންކަމަށް އެމަނިކުފާނު ދެއްވާ އަހައްމިއްޔަތު." މުހުތާޒް ވިދާޅުވި އެވެ.
އިއްޔެ ރައީސް މުއިއްޒު ބޭއްވެވި 14 ގަޑިއިރާ 50 ވަރަކަށް މިނެޓުގެ ދިގު ނޫސްވެރިންގެ ބައްދަލުވުމާއެކު ތާރީހުގެ ތެރެއިން ޖާގަ ހޯއްދަވައި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުމުގެ ގޮތުގައި އިއްޔެގެ ބައްދަލުވުން ވަނީ ހިމެނިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު