މަސްތުގެ ހާލަތުގައި ނުރައްކާތެރިކޮށް ކާރު ދުއްވި މީހާ
މަސްތުގެ ހާލަތުގައި ނުރައްކާތެރިކޮށް ކާރު ދުއްވި މީހާ
މަސްތުގެ ހާލަތުގައި ހުރެ ނުރައްކާތެރިކޮށް ކާރު ދުއްވި މީހަކު ފުލުހުން ހުޅުމާޅެއިން ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައިގައި ހައްޔަރުކުރީ ހމ. ފްލެޓްނަންބަރު 07-1-4 / މާލެ، މުޙައްމަދު މާއިސް (23އ) އެވެ. އެ މައްސަލައިގައި އޭނާގެ ބަންދަށް ތިން ދުވަސްވެސް ވަނީ ޖަހައިފަ އެވެ.

ފުލުހުން ބުނީ ރޭ ހައިވޭ ބެލެހެއްޓުމުގައި ހަރަކާތްތެރިވި ފުލުހުންނަށް، ހެޑްލައިޓް ނުދިއްލާ ހަތަރު ސިގްނަލް ޖައްސައިގެން ނުރައްކާތެރިކޮށް ބާރުސްޕީޑްގައި މާއިސް ކާރު ދުއްވާފައި ދަނިކޮށް ފެނުނު ކަމަށެވެ،

އަދި ފުލުހުންގެ ޕެޓްރޯލް ބީޓްތަކުން އެ ކާރު ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ހުޅުމާލެ ފޭސް 1، ހައިވަކަރު މަގުން ޓްރީޓޮޕާ ދިމާއަށް ދަތުރު ކުރަމުންދާ މަންޒަރު ފެނުނު ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ ކާރު މަޑުކުރުމަށް އިޝާރާތް ކުރުމުން މަޑުނުކޮށް، ބަމްޕަރުތަކަށްވެސް އަދި ގޯޅި އަޅާއިރުވެސް ދުވެލި މަޑު ނުކޮށް ނުރައްކާތެރިކޮށް ދަތުރު ކުރަމުންދިޔަަކަން ވެސް ފުލުހުން ފާހަގަކުރި އެވެ.

ފުލުހުން މާއިސް ހައްޔަރުކުރީ ރަބަރުގަސްމަގު، ފްލެޓް ނަންބަރު 97 ކައިރިއަށް ކާރު މަޑުކުރި ތަނާއެވެ. އަދި ފުލުހުން ކާރު ކައިރިއަށް ދިއުމުން އަނެއްކާވެސް ކާރު ދުއްވާލަން އުޅުނުކަމަަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

"މި ކާރު ހުއްޓުވި އިރު، ކާރުގެ ކަނާތްފަރާތު ފަހަތު ފުރޮޅުގެ ޓަޔަރު ނެތެވެ. ޓަޔަރު ފެނިފައިވަނީ 103 ނަންބަރު ފްލެޓް ކައިރިންނެވެ. އިތުރު ގެއްލުންވެސް ކާރަށް ލިބިފައިވެއެވެ. މި މައްސަލައާ ގުޅިގެން، ކާރު ޓޯވ ކޮށް މައްސަލަ ގެންދަނީ ތަހުގީގު ކުރަމުންނެވެ." ފުލުހުން ބުންޏެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން