ޑިޖިޓަލް ރާއްޖޭގެ މައިގަނޑު 8 ތަނބު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހާމަކުރަށްވައިފިއެވެ.
ރައީސް ޑރ. މުޢިއްޒު މިއަދު ވިދާޅުވީ “ދިވެހިރާއްޖެ 2.0” މަޝްރޫޢަކީ ރައްޔިތުންގެ މެދުގައި ދައުލަތުގެ މުއައްސަސާތަކަށް އިތުބާރު އިއާދަކޮށްދޭނެ މަޝްރޫޢެއް ކަމަށެވެ.
ހަމައެއާއެކު މިމަސައްކަތަކީ ޑިޖިޓަލް ހައްލުތަކަށް އެންމެ މަތީ އިސްކަންދޭ ދިވެހިރާއްޖެއެއް މިއަދާއި، މާދަމާގެ ޖީލަށްޓަކައި ގާއިމުކުރުމަށް ސަރުކާރުން ގެންގުޅޭ ކުރިމަގުގެ ތަސައްވުރު ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.
ރައީސް ވިދާޅުވީ ޑިޖިޓަލް ރާއްޖޭގެ މަޝްރޫޢު ބިނާވެފައިވަނީ އަށް މައިގަނޑު ތަނބެއްގެ މައްޗަށެވެ. އޭގެތެރޭގައި ހިމެނެނީ ޑިޖިޓަލް އައިޑެންޓިޓީއާއި އިތުބާރުކުރެވޭ މުއާމަލާތްތައް، ހާމަކަންބޮޑު މަޢުލޫމާތު ހިއްސާކުރުމާއި ސަރުކާރު ހިންގުން، ގައުމީ ވިލުންވެރިކަމަށް ސައިބަރ ސެކިއުރިޓީ، އަދި ޑިޖިޓަލް ޚިދުމަތްތަކާއި ސަރުކާރަށް އިތުބާރު ލިބޭނެ ޒަމާނީ ގާނޫނީ އޮނިގަނޑެވެ.
އޭގެއިތުރުން، ރައްކާތެރި ދައުލަތުގެ ޑިޖިޓަލް ބިނާވަޅުތައް، ރައްޔިތުންގެ ނާރެހުގައި އެނބުރޭ އީ-ސަރުކާރުގެ ޚިދުމަތްތައް، ވަކިވަކި ދާއިރާތަކަށް ޑިޖިޓަލް އިންގިލާބެއް، އަދި އައިސީޓީ ތަރައްގީކުރުމާއި އީޖާދުތައް ކަމަށް ރައީސްގެ މެސެޖުގައިވެއެވެ.
ރައީސް މިފަހުން އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅަށްފަހު ޓެކްނޮލޮޖީގެ ދާއިރާގައި ރާއްޖެއަށް އިންގިލާބެއް ގެނައުމަށް ގިނަ ކަންތައްތަކެއް ކުރައްވާނެކަން މީގެކުރިން ވެސް ވަނީ އިއުލާނުކުރައްވާފައެވެ. އަދި އެ މަސައްކަތްތަކުގައި އެސްޓޯނިއާގެ އެހީތެރިކަންވެސް ލިބޭނެކަމަށް އެގައުމުން ބުނެފައިވާކަމަށް ރައީސް ވަނީ ކުރިން ވިދާޅުވެފައެވެ.
ހަމައެއާއެކު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ޑިޖިޓަލް ރާއްޖޭގެ މައިގަނޑު މަގުސަދަކީ ކޮރަޕްޝަން ނައްތާލައި، ދެފުށް ފެންނަ ވެރިކަމުގެ ނިޒާމެއް ގާއިމުކޮށް، ރައްޔިތުންނަށް ފަސޭހައިން އަވަހަށް ޚިދުމަތް ލިބޭނެ ނިޒާމެއް ގާއިމުކުރުން ކަމަށެވެ.

Maldives 2.0 (@digitalgovmv) is our vision for the future—a Digital-First Maldives built for every citizen, every island, and every generation to come. These 8 Pillars shape how we build, connect, govern, protect rights, promote transparency, and restore trust in public… pic.twitter.com/m7SDPqn4vl
— Dr Mohamed Muizzu (@MMuizzu) May 4, 2025
ރައީސް މިފަހުން އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅަށްފަހު ޓެކްނޮލޮޖީގެ ދާއިރާގައި ރާއްޖެއަށް އިންގިލާބެއް ގެނައުމަށް ގިނަ ކަންތައްތަކެއް ކުރައްވާނެކަން މީގެކުރިން ވެސް ވަނީ އިއުލާނުކުރައްވާފައެވެ. އަދި އެ މަސައްކަތްތަކުގައި އެސްޓޯނިއާގެ އެހީތެރިކަންވެސް ލިބޭނެކަމަށް އެގައުމުން ބުނެފައިވާކަމަށް ރައީސް ވަނީ ކުރިން ވިދާޅުވެފައެވެ.
ހަމައެއާއެކު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ޑިޖިޓަލް ރާއްޖޭގެ މައިގަނޑު މަގުސަދަކީ ކޮރަޕްޝަން ނައްތާލައި، ދެފުށް ފެންނަ ވެރިކަމުގެ ނިޒާމެއް ގާއިމުކޮށް، ރައްޔިތުންނަށް ފަސޭހައިން އަވަހަށް ޚިދުމަތް ލިބޭނެ ނިޒާމެއް ގާއިމުކުރުން ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު