މިނިސްޓަރ ޝަހީމް
މިނިސްޓަރ ޝަހީމް
އިންސާނާގެ ޝަޚުސިއްޔަތު ކަތިލެވޭފަދަ އެއްވެސް ޚަބަރެއް ނުވަތަ މައުލޫމާތެއް ނުފެތުރުމަށް އިސްލާމިކް މިނިސްޓަރ މުޙައްމަދު ޝަހީމް އަލީ ސަޢީދު ގޮވާލައްވައިފިއެވެ.

މިނިސްޓަރ މިކަމަށް ގޮވާލެއްވީ ދައުލަތުގެ މީޑިއާގެ 8 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މާތް ﷲ އިންސާނާއަށް ދެއްވާފައިވަނީ އެހެން އެއްވެސް މަޚުލޫގަކަށް ނުދެއްވާފަދަ މަތިވެރި މަގާމެއް ކަމަށެވެ.

އިސްލާމީ ޝަރީއަތުގައި ވަރަށް މަތިވެރި 5 މަޤްޞަދެއް މާތް ﷲ ލައްވާފައިވާކަން ފާހަގަ ކުރައްވަމުން މިނިސްޓަރ ވިދާޅުވީ އޭގެ ތެރޭގައި ހިމެނޭ އެއް ކަމަކީ އިންސާނާގެ އަބުރާއި ޝަރަފު ހިމާޔަތް ކުރުން ކަމަށެވެ.

އަދި އިންސާނާގެ ޝަޚުސިއްޔަތު ކަތިލެވޭފަދަ އެއްވެސް ހަބަރެއް ނުވަތަ މައުލޫމާތެއް ފެތުރުމަކީ އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ކަމެއްކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ އިސްލާމްދީނުގައި އިންސާނާގެ އަބުރު ހިމާޔަތްކޮށްފައިވާކަމަށާއި ސާބިތު ނުހިފޭ ވާހަކަ ދެއްކުން ހަރާމް ކުރައްވާފައި ވާކަމަށެވެ.

އެހެންކަމުން ކޮންމެ މައުލޫމާތެއް ނުވަތަ ހަބަރެއް ގެނެސްދޭއިރު އެއީ ސައްހަ މައުލޫމާތެއްކަން ކަށަވަރުކުރުމަށްފަހު ގެނެސްދިނުމަށް މިނިސްޓަރ ވަނީ ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން