ފިކުރީ ބަލިމަޑުކަމުގެ ހަގީގީ ހައްލަކީ އިތުބާރުހުރި މަސްދަރުތަކުން އިލްމު ހޯދުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވީ އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރެރިޒަމް ކޯލިޝަނާއި ރާއްޖޭގެ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ގުޅިގެން އިމާމުންނާއި އިލްމުވެރިންނަށް ބާއްވާ ކެޕޭސީޓީ އިތުރުކުރުމުގެ ފޯރަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މިއަދު ހެނދުނު ދެއްކެވި ވާހަކަފުޅުގައެވެ.
މި ރަސްމިއްޔާތުގައި ޑރ. ޝަހީމް ވިދާޅުވީ އިސްލާމީ ތާރީހުގައި އިލްމުވެރިންނާއި އިމާމުންނަކީ މުޖުތަމައުގެ އެންމެ އިސްދައުރެއް އަދާކުރާ ބޭފުޅުން ކަމަށެވެ. އެހެންކަމުން ދީނީ ގޮތުންނާއި އިޖުތިމާއީ ގޮތުން އާންމު ފަރުދުން ހޭލުންތެރިކުރުމުގައި އެންމެ އިސްދައުރެއް އަދާކުރަނީވެސް ހަމަ އެ ބޭފުޅުން ކަމަށް ޝަހީމް ވިދާޅުވިއެވެ.
ހަމައެހެންމެ ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ވަބާއަކީ ވަކި ދީނަކާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި އެ ފިކުރީ ބަލިމަޑުކަމަށް އޮތް ހަގީގީ ހައްލަކީ އިތުބާރުހުރި މަސްދަރުތަކުން އިލްމު ހޯދުން ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.
މިއަދުގެ ޙަފްލާގައި ޝަހީމް ވިދާޅުވީ ޓެރަރިޒަމާއި ހަރުކަށި ފިކުރާއި ގުޅޭ ސައްހަ ތަފްސީލީ މައުލޫމާތު ހިއްސާކުރުމަށް ބޭއްވޭ އެ ފޯރަމަކީ ވަރަށް މުހިންމު ފޯރަމެއް ކަމަށެވެ. އަދި އިސްލާމްދީން އަންގަވަނީ މުސްލިމުންނާއި މުސްލިމުން ނޫން މީހުންނާ ވެސް ހެޔޮކޮށް، ރަހުމަތްތެރިކަމާއި އިންސާފުވެރިކަމާ އެކު މުއާމަލާތްކުރުމަށްކަން ޑރ. ޝަހީމް ފާހަގަ ކުރެއްވިއެވެ.
"އަޅުގަނޑުމެންނަށް ޖިހާދާއި ޓެރަރިޒަމްއާ ހުރި ތަފާތު އެނގެން ޖެހޭނެ. ޝަރީއަތުގައި ޖިހާދަށް ވަކި އުސޫލުތަކެއް ކަނޑައަޅާފައިވޭ. އަދި އެކަން ވަކިވަކި ފަރުދުންގެ އަތްމައްޗަކަށް ދޫކޮށްފައެއް ނުވޭ. އެހެނަސް، އެއީ ދައުލަތާއި ވެރިޔާގެ ޒިންމާއެއް. ޖިހާދުގެ ހިކުމަތަކީ ގައުމާއި އޭގެން ރައްޔިތުން ރައްކާތެރިކުރުން. އިސްލާމްދީނުގައި ޓެރަރިޒަމްގެ ހުރިހާ ވައްތަރެއް ވެސް މަނާކުރައްވާފައިވޭ." ޑރ. ޝަހީމް ވިދާޅުވި އެވެ.
ޑރ. ޝަހީމް ވަނީ އިސްލާމީ އުއްމަތް ޓެރަރިޒަމާއި ހަރުކަށި ފިކުރު ފަދަ ފިކުރުތަކުން ސަލާމަތްކުރުމަށް ސައުދީ އަރަބިއްޔާ އިސްވެ އޮވެ ކުރާ މުހިންމު މަސައްކަތް ފާހަގަކުރައްވައި، ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އަށާއި ޕްރިންސް މުހައްމަދު ބިިން ސަލްމާން އަށް ޝުކުރު އަދާކުރަށްވާފައެވެ.
އޭގެއިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިސްނަގައިގެން މިފަދަ ފިކުރުތަކާއި ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދާ ކަމަށާއި ރާއްޖެ އާއި ސައުދީ އަރަބިއްޔާ ގުޅިގެން މިކަމުގައި މުހިންމު މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ވެސް ޑރ. ޝަހީމް މިއަދު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު