ސިހުރު ހަދާކަމު މައުލޫމާތު ލިބިގެން ހއ. ބާރަށުގައި ފުލުހުން ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ ހއ. ބާރަށުގައި ސިހުރު ހާހޫރަ ހަދާކަމަށް ޕޮލިސް އިންޓެލިޖެންސް އަށް ލިބިފައިވާ މައުލޫމާތަކާ ގުޅިގެން، މިއަދު ހެނދުނު 07:00 އިން ފެށިގެން އެރަށުގައި އޮޕަރޭޝަންއެއް ކުރިއަށް ގެންދިއަ ކަމަށެވެ.
މި އޮޕަރޭޝަން ގައި އެރަށުގެ 8 ތަނެއް ބަލައި ފާސްކޮށް މައްސަލައާއި ގުޅުން ހުރިކަމަށް ބެލެވޭ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ.
އަދި މި މައްސަލައިގެ ތުހުމަތުގައި 8 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ސުވާލުކުރުމަށް ފަހު އެމީހުން ދޫކޮށްލާފައި ވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މިދިޔަ މަހުވެސް ސިހުރު ހެދި ކަމުގެ ތުހުމަތުގައި ހޯރަފުށިން މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު