ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރަން ނިންމައި ޖުޑިޝަލް ސާވިސް ކޮމިޝަނުން މަޖިލީހަށް ފޮނުވި މައްސަލައިގައި އިޖުރާއީ އަދުލުވެރިކަމާއެކު ގޮތެއް ނިންމެވުމަށް ރައްޔިތުންގެ މަޖިލީހުގައި ބާ ކައުންސިލުން އެދެފިއެވެ.
ބާ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ފަނޑިޔާރުން އަމަލު ކުރަންޖެހޭ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުން ބޭރު ނުވާހާ ހިނދަކު މަގާމުން ވަކިކޮށްގެން ނުވާނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު މަގާމުން ވަކި ކުރުމުގެ މައްސަލައެއް ޖޭއެސްސީއިން މަޖިލީހަށް ހުށަހަޅާފައިވާއިރު، މައްސަލައިގައި ގޮތެއް ނިންމެވުމުގެ ކުރިން ފަނޑިޔާރުން ސުލޫކީ މިންގަނޑާ ހިލާފުވެފައިވޭތޯ މަޖިލީހުން ކަށަވަރު ކުރަންޖެހޭނެ ކަމަށް ބާ ކައުންސިލުން ވަނީ ބުނެފައެވެ.
އެގޮތުން ބާ ކައުންސިލުން އެދިފައިވަނީ ޖޭއެސްސީ އިން އިޖުރާއަތްތައް ފުރިހަމަކޮށްފައިވޭތޯ ކަށަވަރު ކޮށް، ޖޭއެސްސީ އިން ފާހަގަކޮށްފައިވާ ކަންކަމަކީ ތުހުމަތުވާ ފަނޑިޔާރުންގެ ހައްގުތައް ކަށަވަރުކޮށްދީ ގާނޫނާއި ގަވާއިދާ އެއްގޮތް ކަންތައްކަން ކަށަވަރުކޮށް، ފަނޑިޔާރުން ވަކި ކުރަން ނިންމި ނިންމުމަށް ވާސިލުވެފައިވަނީ ބުރަދަން ހުރި ހެކީގެ މައްޗަށް ކަން ކަށަވަރު ކުރުމަށެވެ.
އަދި މި މައްސަލައިގައި ޑިއު ޕްރޮސެސް ފުރިހަމަކޮށްފައިވާކަން ކަށަވަރު ކޮށްދީ، ފަނޑިޔާރުންނަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ދީ، މައްސަލައިގައި ގޮތެއް ނިންމެވުމުގައި ދިފާއީ ވަކީލުންގެ ކަންބޮޑުވުންތަކަށް ރިއާޔަތް ކުރުމަށްވެސް ބާ ކައުންސިލުން ވަނީ އެދިފައެވެ.
މީގެ އިތުރުން ފަނޑިޔާރުން ހާޒިރު ކުރާ ނަމަ އެ ބައްދަލުވުން ހުޅުވާލައިގެން ބޭއްވުމަށާއި، މައްސަލައިގައި މަޖިލީހުން ގޮތެއް ނިންމާއިރު އިޖުރާއީ އަދުލުވެރިކަން ގާއިމް ކުރުމަށް ބާ ކައުންސިލުން ވަނީ އެދިފައެވެ.
ޖޭއެސްސީން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަ ބަލަން ފެށީ ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭގޮތަށް ގާނޫނަށް ގެނައި އިސްލާހުތައް ބާތިލުކުރަން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލަން ފެށުމާ އެކުގައެވެ.
އެގޮތުން ސުލޫކީ މައްސަލަތަކެއް ބަލަމުންދާކަމަށް ބުނެ ސަސްޕެންޑްކުރީ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު އަދި ހުސްނުއް ސުއޫދު އެވެ.
އޭގެ ތެރެއިން ހުސްނުއް ސުއޫދު ވަނީ އިސްތިއުފާ ދެއްވާފައެވެ. އަދި އަޒްމިރަލްދާ އަދި މަހާޒް ވަކިކުރަން ނިންމައި ޖޭއެސްސީން މިހާރު އޮތީ މަޖިލީހަށް ފޮނުވާފައެވެ.
މި މައްސަލައިގައި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން މިއަދު ނިންމީ ފަނޑިޔާރުން ވަކި ކުރަން ހުށަހެޅި މައްސަލައިގައި ގޮތެއް ނިންމުމުގެ ކުރިން ރިޕޯޓު ދިރާސާ ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު