ހުޅުމާލޭން ގެއްލިގެން ހޯދަމުންދިޔަ 15 އަހަރުގެ އަންހެން ކުއްޖާ ފޭސް އެކެއްގައި ހުއްޓާ ފެނިއްޖެއެވެ.
ފުލުހުން ބުނީ، އެ ކުއްޖާ ފެނުނީ މެންދުރު 12:18 ހާއިރު ކަމަށާއި ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
“މި މައްސަލައާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން.” ފުލުހުން ދާދި ދެންމެއަކު މީޑީއާތަކަށް ފޮނުވި މެސެޖުގައިވެއެވެ.
މިކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ ގެއްލިގެން ހޯދަމުން ދިޔައީ ހުޅުމާލެ ފޭސް ދޭކުން ސްކޫލަށް ދިޔަ އަންހެން ކުއްޖެއް ކަމަށެވެ. ފުލުހުންނަށް އެމައްސަލަ ހުށައަޅާފައިވަނީ މިއަދު ހެނދުނު 8:30 ހާއިރުއެވެ.
“ހިޔާ ޓަވަރު 8 އިން ސްކޫލަށް ދިޔަ މި ކުއްޖާ ސްކޫލަށް ނުވަންނަކަން މިހާތަނަށް ފުލުހުންނަށް ވަނީ ކަށަވަރު ކުރެވިފައި.” ފުލުހުން މިއަދު ހެނދުނު މަޢުލޫމާތު ދީފައިވެއެވެ.
ފުލުހުން ބުނީ އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކޮށްފައިވަނީ ފުލުހުންނާއި އެޑިއުކޭޝަން މިނިސްޓްރީއާއި ސްކޫލް ގުޅިގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު