މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށަށް މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް) ވަރަށް އަވަހަށް ބަދަލު ކުރެވިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްރު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރައްޔިތުންނާ ގާތުން މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ގެނެސްދޭ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.
ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ތެލެސީމިއާ ޕޭޝެންޓުންނަށް ދިމާވާ ގިނަ މައްސަލަތަކަށް ހައްލެއް ގެނައުމުގެ މަސައްކަތް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރަމުންދާ ކަމަށެވެ. އަދި މި ހައްލުތައް ގެންނާނީ ތެލެސީމިއާ ކުދިންގެ ހިޔާލާ މަޝްވަރާއާ އެކީގައި ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
މިކަމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މި މައްސަލައަށް ހައްލު ހޯދުމުގައި ގިނަ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އެގޮތުން ތެލެސީމިއާ ސެންޓަރުގެ ހިންގުން ހުޅުމާލޭގައި ގާއިމް ކުރެވުނު "އޮރެންޖު ހިޔާ" އަށް ބަދަލު ކުރެވިފައިވާ ކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.
"އޮރެންޖު ހިޔާ" އަކީ ޖާގައިގެ އިތުރުން ވަސީލަތްތައްވެސް ރަނގަޅު ތަނެއް ކަމުގައި ފާހަގަ ކުރަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް އެ ސެންޓަރަށް ބޭނުންވާ ވަސީލަތްތައް އިތުރު ކުރެވިގެންދާނެ ކަމަށެވެ. އަދި ތެލެސީމިއާ ސެންޓަރަށް ބޭނުންވާ ނަރުހުން އިތުރު ކުރުމުގެ މަސައްކަތް ވެސް ކުރެވެމުންދާ ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ތެލެސީމިއާ ސެންޓަރު ހިންގާ ގޮތާއި، އެތަނުގެ ގަޑިތަކަށްވެސް ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވަރަށް އަވަހަށް މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށަށް އެމްބީއެސް ބަދަލު ކުރެވިގެންދާނެ ކަމަށެވެ. މިބަދަލު ގެނައުމަކީ ތެލެސީމިއާ ކުދިންނަށް ދެވޭ ހިދުމަތް ރަނގަޅު ކުރުމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އަދި މި ބަދަލު ގެނެވުމުން ތެލެސީމިއާ ތަހައްމަލު ކުރަމުންދާ ފަރާތްތަކަށާއި، ތެލެސީމިއާ ޕޭޝެންޓުންނަށް ހިދުމަތް ދޭ ފަރާތްތަކަށްވެސް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ލިބޭ އެންމެ ބޮޑު ފައިދާއަކީ ތެލެސީމިއާ ޕޭޝަންޓުންނަށް ސްޕެޝަލިސްޓު ޑޮކްޓަރުންނަށް ދެއްކުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ލިބިގެން ދިއުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް ދެ ހަފްތާ ތެރޭގަ މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން ތެލެސީމިއާ ސެންޓަރާ ހަވާލު ވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު