ރައްޔިތުންނާއެކު ޕޮޑްކާސްޓުގައި ރައީސް. ފޮޓޯ: ރައިސް އޮފީސް
ރައްޔިތުންނާއެކު ޕޮޑްކާސްޓުގައި ރައީސް. ފޮޓޯ: ރައިސް އޮފީސް
އުންމީދު ކުރައްވަނީ 2030 ވަނަ އަހަރު އަންނަ އިރު ދިވެހި ޤައުމީ އުފެއްދުންތެރިކަމުގެ 15 އިންސައްތަ ޑިޖިޓަލް އިޤްތިޞާދަށް ބަރޯސާވުން ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި މިއަދު ގެނެސްދިން އެޕިސޯޑުގައި "ރާއްޖެ 2.0" އާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެ ޑިޖިޓަލައިޒްކުރުމުގައި މަސައްކަތް ކުރައްވަމުން ގެންދަވަނީ ޑިޖިޓަލައިޒޭޝަންގައި ބޮޑު ކުރިއެރުމެއް ހޯދާފައިވާ އެސްޓޯނިއާ އާ އެކުގައި ކަމަށެވެ. އަދި "ދިވެހިރާއްޖެ 2.0" ގެ ތަސައްވުރު ކުރު ރާސްތާއެއްގައި ޙަޤީޤަތަކަށް ހެއްދެވުމަށް ބޭނުންފުޅު ވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެސްޓޯނިއާއިން ފަންސަވީސް އަހަރުން ކުރި ކަންތައް، ހަތަރު އަހަރުން ކުރެވޭތޯ ކަމަށެވެ. އެސްޓޯނިއާގެ ތަޖުރިބާއިން ދަރިވަރުވެގެން އެކަން ޙާޞިލުކުރެވޭނޭ ކަމަށް ޚުދު އެސްޓޯނިއާއާގެ ކަމާބެހޭ ފަރާތްތަކުންވެސް ޤަބޫލުކުރާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މާދަމާ ރޭ ފަށާ މޯލްޑިވްސް ޑިޖިޓަލް ޓްރާންސްފޯމޭޝަން ސަމިޓަކީ މީގެ ފެށުން ކަމަށާއި، އެސްޓޯނިއާ ޑިޖިޓަލައިޒްކުރުމުގެ މަސައްކަތުގެ އެއް ބާނީ ހިމެނިވަޑައިގަންނަވާހެން އެސްޓޯނިއާގެ މާހިރުންގެ ޓީމެއްވެސް އެ ކޮންފަރަންސްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި މި މަސައްކަތުގައި ދެއްވާ އެހީތެރިކަމުގެ އަގުވަޒަންކުރައްވައި އެމަނިކުފާނު ވަނީ، އެސްޓޯނިއާގެ ސަރުކާރަށް ޝުކުރުއަދާ ކުރައްވާފައެވެ.

މިފަދަ ބޮޑެތި ބަދަލުތައް ގެނެވޭނީ ބަދަލުތައް ބަލައިގަންނަ މިންވަރަކުން ކަމަށް ރައީސް ވިދާޅުވިއެވެ. މި ބިޔަ މަޝްރޫޢުގެ ތެރެއިން "ޗޭންޖް މެނޭޖްމަންޓް" ނުވަތަ ބަދަލުތައް އިންތިޒާމުކޮށް ބެލެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައި ވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

4 އަހަރުގެ މި މަޝްރޫއުގެ ސަބަބުން ރާއްޖޭގައި ކޮރަޕްޝަން އެއްކޮށް ނައްތާލެވޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން