ތެލެސީމިއާ ކުދިންގެ ގަޔަށް ޖަހާ ޑެސްފެރޯލް ލިބުމުގެ މައްސަލަ ކުރިއަށް އޮތް ދުވަސްތަކުގައި ހައްލުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ތެލަސީމިއާއަށް ކުދިންގެ ހަށިގަނޑުގައި ގިނަވާ ދަގަނޑުގެ ބައި ދަށްކުރަން ޖަހާ ޑެސްފެރޯލް އިންޖެކްޝަން، ނުލިބުމުގެ މައްސަލަ ބޮޑެވެ، ޝޯޝަލް މީޑިއާގައި ވެސް ކަންބޮޑުވުން ފާޅުކުރެ އެވެ.
ރައީސް އޮފީހުން މިއަދު ގެނެސްދިން ޕޮޑްކާސްޓްގައި ރައީސް މުއިއްޒަށް އަމާޒުވި އެއް ސުވާލަކީ ވެސް އެއެވެ.
އެގޮތުން ޑެސްފެރޯލް މައްސަލައަށް ހައްލެއް ލިބިފައިވޭތޯ ވަނީ ސުވާލުކޮށްފަ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވައި ރައީސް ވިދާޅުވީ މިދިޔަ މަހެއްހާ ދުވަސް ތެރޭގައި އެ މައްސަލައަށް ވަރަށް ކުރިއެރުން އަތުވެއްޖެ ކަމަށެވެ.
"އަދިވެސް އެކަމަކު އެއްކޮށް ހައްލުވެގެނެއް ނުދޭ. އެކަމަކު ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ރަނގަޅު ވެގެންދާނެ." ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ތެލެސީމިއާއަށް ފަރުވާ ދިނުމުގައި ވަރަށް ގިނަ މައްސަލަތަކެއް އުޅޭ ކަމަށާއި އެކަމަށް ހައްލެއް ނުލިބި އޮންނަތާ ވެސް ވަރަށް ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ.
"އެ ކުދިންނަށް އެ ބޭނުންވާ ކެއަރ، އަޅައިލުން ނުލިބި ހުރި އެތައް ކަމެއް އެބަ ޙައްލުވޭ އިނގޭތޯ. ވަރަށްގިނަ ކަންތައްތައް." ރައީސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު