ވާނުވާ ބަންދުގައި ތިބި މީހުންގެ މައްސަލަތައް އަވަހަށް ބަަލައި ނިންމުމަށްޓަކައި ސަރުކާރުގެ ފަރާތުން ވެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުަގެ މިއަދުގެ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ "ވާނުވާ ބަންދު" ގެ މައްސަލައަަށް އަލިއަޅުއްވާލައްވާފައެވެ.
މި ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ "ވާނުވާ ބަންދު" ގައި މީހުން ބޭތިއްބުމުގެ މައްސަލައަށް އޮތް ދާއިމީ އެންމެ ރަނގަޅު ޙައްލަކީ މައްސަލަ ބަލައި ނިންމުން އަވަސްކުރުން ކަމަށެވެ.
މި މައްސަލަތައް އަވަހަށް ބަލައި ނިންމުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ސަރުކާރަށް ކޮށްދެވޭނެ ކަމަކަށް އޮތީ ޖާގައާއި ވަޞީލަތުގެ ގޮތުން ފޯރުކޮށްދެވެން އޮތް އެހީއެއް ފޯރުކޮށްދިނުން ކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހުށަހެޅޭ މައްސަލަތައް ރަނގަޅަށް ބަލައި، އިންސާފުވެރިކަމާއެކު އަވަހަށް ނިންމުމަކީ ޝަރުޢީ ދާއިރާގެ ތެރެއިން ކުރައްވަންޖެހޭ ކަމެއް ކަމަށެވެ. މިިކަން ކުރުމަށް، މާތް ﷲގެ އިރާދަފުޅާއެކު، ޝަރުޢީ ދާއިރާއަށް ސަރުކާރުން މަގުފަހިކޮށްދެއްވަމުން ގެންދަވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އެގޮތުން، ހުޅުމާލޭގައި ތަރައްޤީ ކުރެވެމުންދާ ކޯޓު ކޮމްޕްލެކްސްގެ މަސައްކަތްތައް މުޅިން ނިމޭއިރު، ޝަރުޢީ ދާއިރާއަށް އިދާރީ ގޮތުން ބޭނުންވާ އެހީތެރިކަންވެސް ސަރުކާރުން ކަށަވަރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
ރައީސް ވިދާޅުވީ މި ކޯޓު ކޮމްޕްލެކްސް އާއެކު އެއްފަހަރާ ގިނަ މަސައްލަތަކެއް ބެލުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށެވެ.
"ވާނުވާ ބަންދު" ގައި މިވަގުތު 300 އެތައް ބަޔަކު ތިބިއިރު، ހައެއްކަ އަހަރުގެ މުއްދަތެއް ބަންދުގައި ހޭދަކޮށްފައިވާ މީހުން އޭގެތެރޭގައި އެބަތިބި ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ. އަދި މިފަދަ ގޮތަކަށް ތިބެން ޖެހުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި ފުރިހަމަ ކަފާލާތުގެ ނިޒާމެއް ޤާއިމުކުރެވިގެން ދިއުމަކީ ރައީސްގެ މެނިފެސްޓޯގައިވެސް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާފައި ވާ ކަމެކެވެ. މިވަގުތު ޤާނޫނީ އިމުގެ ތެރެއިން ކަފާލާތު ލިބުމަށް އޮންނަނީ ހަނި ފުރުޞަތެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މި މައްސަލައަށް ފުރިހަމަ ގޮތެއްގައި، ވަށާޖެހޭ ޙައްލެއް ގެނައުމަށްޓަކައި ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް މިހާރުވެސް ކުރިއަށް ދާ ކަމަށެވެ.
"ވާނުވާ ބަންދު"ގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ދަނީ މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިކަމާއި ގުޅޭ ދެ ފޯރަމެއް މިއަހަރުވެސް ކުރިއަށް ގެންގޮސްފައިވެއެވެ. ފުރަތަމަ ފޯރަމް ޚާއްޞަކުރެއްވީ ޝަރުޢީ ދާއިރާ ފިޔަވާ މިކަމުގައި ހިމެނޭ އެހެން ފަރާތްތަކަށެވެ. އަދި ދެވަނަ ފޯރަމް ކުރިއަށް ގެންދެވީ ޝަރުޢީ ދާއިރާއަށް އަމާޒުކުރައްވައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު