ޒުވާން ހަތީބުން ތަމްރީންކުރާ ޕްރޮގްރާމެއްގެ ދަސްވެނިވުމުގެ ހަފްލާގެ ތެރެއިން--
ޒުވާން ހަތީބުން ތަމްރީންކުރާ ޕްރޮގްރާމެއްގެ ދަސްވެނިވުމުގެ ހަފްލާގެ ތެރެއިން--
ޒުވާން ހަތީބުން ތަމްރީންކުރާ ތިން ވަނަ ބުރަށް 300 އެއްހާ ޒުވާނުން ކުރިމަތިލައިފި އެވެ.

އޯ ލެވެލް އަދި އޭ ލެވެލް ނިންމާ ކުދިންގެ ތެރެއިން ޚަތީބުކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޚަތީބުން ތަމްރީން ކުރާ ތިންވަނަ ޕްރޮގްރާާމަށް ކުރިމަތިލުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެވެ. އެއީ މާދަމާގެ ނިޔަލަށެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އެކްސްގައި ވިދާޅުވީ ޚަތީބުންގެ ތިން ވަނަ ޕްރޮގްރާމްގައި ބައިވެރިވުމަށް މިހާތަނަށް 283 ޒުވާނުން ކުރިމަތިލާފައިވާ ކަމަށެވެ.

ޒުވާން ޚަތީބުން ތަމްރީންކުރުމުގެ ފުރަތަމަ ޕްރޮގްރާމުން 250 ޚަތީބުން ވަނީ ތަމްރީންކޮށްފަ އެވެ. އަދި ދެވަނަ ބުރުން 209 ޚަތީބުން ތަމްރީންވި އެވެ.

"އަމާޒަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ދައުރުގައި އެއް ހާސް ޒުވާން ޚަޠީބުން ނެރުން." މިނިސްޓަރު ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން