އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު (ވ)
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު (ވ)
އިޖްތިމާއީ މައްސަލަތަކުގެ ޙައްލަކީ، ކުޑަކުދިންނަށް ދީނީ ތަރުބިއްޔަތު ދިނުން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ކުޑަކުދިންނަށް އަރިސްކުރަށްވައި މީސްމީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައި ޑރ. ޝަހީމް ވިދާޅުވީ، އިޖްތިމާއީ މައްސަލަތަކުގެ ޙައްލަކީ، ކުޑަކުދިންގެ ޖީލު އިސްލާމީ ހިދާޔަތުގެ އަލީގައި ތަރުބިޔަތުކުރުން ކަމަށެވެ.

އޭގެ އިތުރުން ކުޑަކުދިންނަށް ރިވެތި އަޚްލާޤު ދަސްކޮށްދިނުމާއި، ޤުރުއާނަށް ލޯބި ޖެއްސުމާއި، ނަބިއްޔާގެ މަތިވެރި މަޤާމު އެކުދިންގެ ހިތްތަކުގައި ބިންވަޅުނެގުމުގެ މުހިއްމުކަން ވަޒީރު ފާހަގަ ކުރަށްވާފައިވެއެވެ.



ވަޒީރު ޑރ. ޝަހީމް މިހެން ވިދާޅުވެފައިވާއިރު ރައީސް ޑރ. މުޢއިްޒު މިއަދު ވަނީ ކުޑަކުދިން ކޮންމެ ދުވަހަކުވެސް ބޭނުންތެރި އާ ކަންކަން ދަސްކުރުމަށާއި، އެއްދުވަހަށްވުރެ ކާމިޔާބު އަނެއްދުވަސް ހޯދަން ޢަޒުމު ކަނޑައެޅުމަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.

އަދި ފަރުޟު ފަސްނަމާދު ކުރުމާއި، ދީނަށް ޙުރުމަތްތެރިކޮށް ހިތުމާއި، ދިވެހި އާދަކާދަތަކަށް އަހުލުވެރިވެ، ޤައުމުދެކެ ލޯބިވުމަށް ރައީސް މުޢިއްޒު ވަނީ ކުޑަކުދިންނަށް ހަނދާންކޮށް ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން