ކުދިންނަށް އަމާން ވެއްޓެއް ހޯދައިދިނުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންމިދާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތާ ގުޅިގެން ދެއްވި ހާއްސަ މެސެޖެއްގައެވެ.
އެގޮތުން މިނިސްޓަރ ވިދާޅުވީ އެންމެންގެވެސް އަޒުމަކަށް ވާންވާނީ ކޮންމެ ކުއްޖަކަށްވެސް އަމާން ރައްކާތެރި އުފާވެރި ވެށްޓެއް ހޯދައިދިނުން ކަމަށެވެ. އަދި މިކަން ހާސިލް ކުރެވޭނީ ރާއްޖޭގެ ހުރިހާ މުދައްރިސުންނާއި، ރަށްރަށުގެ ކައުންސިލަރުންނާއި، ބެލެނިވެރީންނާއި، އަދި މިނިވަން މުއައްސަސާތަކުގެ އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އެންމެން ގުޅިގެން މިކަމަށްޓަކައި މަސައްކަތް ކޮށްފިނަމަ، ކުޑަކުދިންނަށް އުފާވެރި މުސްތަގުބަލެއް ހޯދައިދެވޭނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ގައުމައިގެން ކުރިއަށްދާނެ އޮށްޓަރު ހުރި ޖީލެއް ބިނާވެގެން ދާނެ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައިވާއިރު، ކޮންމެ އަހަރެއްގެވެސް މެއި 10 ފާހަގަ ކުރަނީ ކުޑަކުދިންގެ ދުވަހުގެ ގޮތުގައެވެ. މިއަހަރުގެ ކުޑަކުދިންގެ ދުވަހުގެ ޝިޢާރަކީ "އުފާވެރި ގުޅުން، އުފާވެރި ވަގުތު، އުފާވެރި ކުދިން"ނެވެ.

ކިޔުންތެރިންގެ ހިޔާލު