ސަންލޭންޑް ހޮޓެލްސް ޕްރައިވެޓް ލިމިޓެޑްގެ އެއް ހިއްސާދާރު މުހައްމަދު ނަޒީރު (ސަންލޭންޑް ނަޒީރު) މިރޭ އަވަހާރަވެއްޖެ އެވެ.
ނަޒީރު އަވަހާރަވީ އާލާސްކަންފުޅަކަށް އިނގިރޭސިވިލާތުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިރޭގެ ވަގުތެއްގައެވެ. ސަންލޭންޑު ޓްރެވެލްސްގެ ވެސް އެއް ޑިރެކްޓަރު ނަޒީރަކީ އިނގިރޭސި ވިލާތަށް ރާއްޖެ އިން ކަނޑައަޅާފައިވާ ޓްރޭޑް އެމްބެސެޑަރު ކަންވެސް ފާހަގަކުރެވެއެވެ.
ނަޒީރަކީ އިސްލާހީ ހަރަކާތުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވި އިސް ފަރާތެކެވެ. ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ހިނގި "އޮގަސްޓު 12-13" މުޒާހަރާގެ ސަބަބުން ޖަލަށް ލީ ފަރާތްތަކުގެ ތެރޭގައި އޭނާ ވެސް ހިމެނެއެވެ. އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އިނގިރޭސިވިލާތަށް ކަނޑައެޅުއްވި ޓްރޭޑް އެންވޯއީގެ މަޤާމު ވެސް އޭނާ އަދާކުރެއްވިއެވެ.
ސަންލޭންޑް ކުންފުންޏަކީ 1976 ވަނަ އަހަރު އުފެދިގެން އައި ޓްރެވަލް އޭޖެންސީއެކެވެ. މި ކުންފުނިން 1990 ގެ އަހަރުތަކުގައި ވިޔަފާރި ފުޅާކޮށް، ރިސޯޓު ހިންގުމުގެ ދާއިރާއަށް ފުޅާވެގެން ގޮސްފައިވާއިރު އެކުންފުންޏަކީ ރާއްޖޭގެ ފަތުރުވެެރިކަމުގެ ސިނާޢަތުގައި ފާހަގަކޮށްލެވޭ ފަދަ ކުންފުންޏެކެވެ.

ކިޔުންތެރިންގެ ހިޔާލު