މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ކުޅުދުއްފުށީ ސިޓީ އާއި ގދ. ތިނަދޫގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް އިމާރާތްކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފިއެވެ.

ރާއްޖޭގެ ފަސް ސަރަޙައްދެއްގައި ޓާޝަރީ ހޮސްޕިޓަލް ޢިމާރާތް ކުރުމުގެ ވަޢުދަކީ ރައީސް ޞާލިޙްގެ ރިޔާސީ ވަޢުދު ތަކުގެ ތެރޭގައި ހިމެނޭ ވަޢުދެކެވެ. މިވަޢުދު ފުއްދުމަށްޓަކާ މިހާރުވެސް މަސައްކަތް ކުރެވެމުންދާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ފިނޭންސް މިނިސްޓްރީއިން ކޮށްފައިވާ އިއުލާނެއްގައި ވަނީ މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކަމަށެވެ. އެގޮތުން ކުޅުދުއްފުއްޓާއި ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލް އިމާރާތްކުރުމަށް ބީލަމުގައި ބައިވެރިވުމަށް 1500 ރުފިޔާ ނުވަތަ 100 ޑޮލަރު ރެޖިސްޓްރޭޝަން ފީގެ ގޮތުގައި ދައްކަން ޖެހެއެވެ. ރެޖިސްޓަރ ކުރުމުގެ ފުރުސަތު އޮންނާނީ ސެޕްޓެމްބަރު 13 އިން ފެށިގެން އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ސެޕްޓެމްބަރު 14 އިން ފެށިގެން ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ބިޑިން ޑޮކިއުމަންޓް ޑައުންލޯޑް ކުރެވެން ހުންނާނެ އެވެ.

މި ޕްރޮޖެކްޓަށް ބިޑް ހުށަހަޅާ ފަރާތްތަކުން 2.3 މިލިޔަން ރުފިޔާ ނުވަތަ 150،000 ޑޮލަރުގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަން ޖެހެއެވެ. އެއީ ބިޑް ހުޅުވާ ދުވަހުން ފެށިގެން 148 ދުވަހަށް ސައްހަ ބިޑް ސެކިއުރިޓީއަކަށް ވާންޖެހޭނެ އެވެ. ބިޑްތައް ހުޅުވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 22 ވަނަ ދުވަހު ހެނދުނު 10 ޖަހާއިރު ފިނޭންސް މިނިސްޓްރީގައެވެ.

މީގެއިތުރުން ވެސް އެހެން ބައެއް ރަށްރަށުގެ ހޮސްޕިޓަލްތަކުގެ އާ އިމާރާތް އެޅުމަށާއި މަރާމާތުކުރުމަށާއި ސިއްހީ މަރުކަޒުތައް އަޕްގްރޭޑްކުރުމަށް ބީލަމަށް ހުޅުވާލާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން