ދަރިއަކަށް ކުރެވޭނެ އެންމެ ހިތްގައިމު އިޙްސާސަކީ މަންމަގެ ފިރުމައިލުމާއި ބޮސްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
މެޑަމް ސާޖިދާ މުޙައްމަދު މިހެން ވިދާޅުވެފައިވަނީ، މިއަދު ފާހަގަ ކުރަމުންދާ މަންމައިންގެ ދުވަހާ ގުޅިގެން މީސްމީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައެވެ.
އެގޮތުން ސާޖިދާ ވިދާޅުވެފައިވަނީ، ދަރިއަކަށް ކުރެވޭނެ އެންމެ ތެދުވެރި، އެންމެ އޯގާތެރި، އެންމެ ލޯބި، އެންމެ ސާފު، އެންމެ ހިތްގައިމު، އެންމެ ޗާލު އިޙްސާސަކީ މަންމަގެ ފިރުމައިލުމާއި ބޮސްދިނުން ކަމަށެވެ.
“އެ އަގުހުރި ގުރުބާނީއަށް އެންމެ މަތިވެރި ދަރުމައާއި ސަވާބަށް އެދި ދުޢާކުރަމުން، މަންމައިންނަށް މި އުފާވެރި ދުވަހުގެ މަރްޙަބާއާއި ޝުކުރު ދަންނަވަން.” މެޑަމް ސާޖިދާ ވިދާޅުވެފައިވެއެވެ.
މެޑަމް ސާޖިދާ މިހެން ވިދާޅުވެފައިވާއިރު މިއަދަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ މަންމައިންގެ ދުވަހެއެވެ.
ކޮންމެ އަހަރެއްގެ މޭމަހުގެ ދެވަނައަށް އަންނަ އާދިއްތަ ދުވަސް ފާހަގަކުރަމުން އަންނަނީ ބައިނަލްއަޤުވާމީ މަންމައިންގެ ދުވަހުގެ ގޮތުގައެވެ.

ދަރިއަކަށް ކުރެވޭނެ އެންމެ ތެދުވެރި، އެންމެ އޯގާތެރި، އެންމެ ލޯބި، އެންމެ ސާފު، އެންމެ ހިތްގައިމު، އެންމެ ޗާލު އިޙްސާސަކީ މަންމަގެ ފިރުމައިލުމާއި ބޮސްދިނުން.
— First Lady Sajidha Mohamed (@sajidhaamohamed) May 11, 2025
އެ އަގުހުރި ގުރުބާނީއަށް އެންމެ މަތިވެރި ދަރުމައާއި ސަވާބަށް އެދި ދުޢާކުރަމުން، މަންމައިންނަށް މި އުފާވެރި ދުވަހުގެ… pic.twitter.com/W8CP9v5biK
މެޑަމް ސާޖިދާ މިހެން ވިދާޅުވެފައިވާއިރު މިއަދަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ މަންމައިންގެ ދުވަހެއެވެ.
ކޮންމެ އަހަރެއްގެ މޭމަހުގެ ދެވަނައަށް އަންނަ އާދިއްތަ ދުވަސް ފާހަގަކުރަމުން އަންނަނީ ބައިނަލްއަޤުވާމީ މަންމައިންގެ ދުވަހުގެ ގޮތުގައެވެ.
ކިޔުންތެރިންގެ ހިޔާލު