އަހަރުގެ މިހާތަނަށް ގެވެށިއަނިޔާގެ 402 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ޕެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) އިން ހާމަ ކޮށްފިއެވެ.
އެފްޕީއޭއީން ނެރުނު 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތަފާސްހިސާބުތަކުގައި ބުނާ ގޮތުން އެ އޮތޯރިޓީއަށް ހުށަހަޅާފައިވާ 402 މައްސަލައިގެތެރޭގައި ގެވެށި އަނިޔާ ލިބިފައިވާ ކުދިންނާ މިހުންގެ ޖުމްލަ އަދަދު 555 އަށް އަރައެވެ.
މީގެ ތެރޭގައި ހިމެނެނީ 356 އަންހެނުންނާއި 162 ފިރިހެނުންނެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ އިދާރާއަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ބަހުގެ ހަމަލާ ދިނުމާއި ނަފްސާނީގޮތުން އަނިޔާ ކުރުމުގެ މައްސަލަތަކެވެ. އެގޮތުން މިފަދަ 293 މައްސަލައެއް އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށް އެފްޕީއޭއިން ބުނެފައި ވެއެވެ. ދެން އެންމެ ގިނައިން ހުށަހަޅާފައިވަނީ ޖިސްމާނީ އަނިޔާ ކުރުމުގެ މައްސަލަތަކެވެ. އެގޮތުން މިބާވަތުގެ 292 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެ އޮތޯރިޓީން ވަނީ ހާމަ ކޮށްފައެވެ.
މީގެ އިތުރުން ބިރުދެއްކުމުގެ 153 މައްސަލައާއި، ގޯނާކުރުމުގެ 84 މައްސަލައާއި، ގެވެށި އަނިޔާގެ ޢަމަލުގެ މަންޒަރު ދެއްކުން، އަޑު އިއްވުން ނުވަތަ އެކްސްޕޯޒްކުރުމުގެ 81 އެއް މައްސަލައާއި، މުދަލަށް ގެއްލުން ދިނުމުގެ 80 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެ އޮތޯރިޓީން ވަނީ ހާމަ ކޮށްފައެވެ.
އެފްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު ގެވެށި އަނިޔާގެ އެންމެ ގިނަ މައްސަލަތައް ރިޕޯޓްކޮށްފަވަނީ މާލެ ސަރަހައްދުންނެވެ. އެގޮތުން މާލެ ސަރަޙައްދުން 215 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެ އޮތޯރީޓީން ވަނީ ހާމަކޮށްފައެެވެ. ދެން އެންމެ ގިނައިން ގެވެށި އަނިޔާގެ މައްސަލަ ރިޕޯޓު ކޮށްފައިވަނީ ފުވައްމުލަކު ސިޓީންނެވެ. އެގޮތުން އެ ސިޓީން 55 މައްސަލަ ރިޕޯޓްކޮށްފައިވެއެވެ. މީގެ އިތުރުން ހދ އަތޮޅުން 51 މައްސަލަ އަދި އައްޑޫ ސިޓީން 45 މައްސަލައެއް ރިޕޯޓު ކޮށްފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފައި ވެއެވެ.
ނ، ވ، އަދި މ އަތޮޅުން ގެވެށި އަނިޔާގެ އެއްވެސް މައްސަލައެއް އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރިޕޯޓުކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު