އިންތިޚާބުތަކުގައި މިހާރު ވޯޓުލާ ގޮތް ބަދަލުކުރުމުގެ އެއްވެސް ވިސްނުމެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނުގެންގުޅުއްވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިޔަތާއި ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް 2.0 ސަމިޓް ނިންމުމުގެ ރަސްމިއްޔާތުގައި ވާާހަކަ ދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ، އެސްޓޯނިޔާއަށް ކުރެއްވި ދަތުރުފުޅުގައި އެ ޤައުމުގެ ގަވަރމަންޓް ޑިޖިޓަލައިޒޭޝަންގެ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކާއި ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތަކުގެ މަޢުލޫމާތު ތަފްސީލުކޮށް ދެއްވި ކަމަށެވެ. އޭގެ ތެރޭގައި އިންތިޚާބުތަކުގައި އާންމު އުސޫލުން ވޯޓު ކަރުދާސްކޮޅު ބޭނުންކޮށްގެން ވޯޓުލުމުގެ އިތުރުން، ބޭނުންވާ ފަރާތްތަކަށް ޑިޖިޓަލް ސިސްޓަމްތައް މެދުވެރިކޮށް ވޯޓުލުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށް އެސްޓޯނިޔާގެ ފަރާތުން މަޢުލޫމާތު ދެއްވި ކަމަށް ވަޒީރު އިހްސާން ވިދާޅުވިއެވެ.
ނަމަވެސް، އެ މަޢުލޫމާތު އަޑުއެއްސެވުމަށްފަހު ރައީސް މުޢިއްޒު ދިވެހިރާއްޖޭގައި ވޯޓުލާ ގޮތް ބަދަލުކުރުމުގެ އެއްވެސް ވިސްނުންފުޅެއް ގެންގުޅެގެން ނުވާނެ ކަމަށް ވިދާޅުވި ކަމަށް އިހްސާން ވިދާޅުވިއެވެ. މިހާރުވެސް ދިވެހިރާއްޖޭގައި ވޯޓުލަނީ ވަރަށް ދެފުށް ފެންނަ އަދި ފުރިހަމަ ނިޒާމަކުން ކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް އެގޮތަށް ކުރިއަށްދާނެ ކަމަށް ރައީސް ގަބޫލުފުޅުކުރައްވާ ކަމަށް ވަޒީރު އިޙްސާން ވިދާޅުވިއެވެ.
މިނިސްޓަރު އިޙްސާން އިތުރަށް ވިދާޅުވީ، އެސްޓޯނިޔާ ދަތުރުފުޅަށްފަހު ވަޒީރުންގެ މަޖިލީހުގައިވެސް ރައީސް މުޢިއްޒު މި ވާހަކަ ވިދާޅުވެފައިވާ ކަމަށެވެ. އަދި މޯލްޑިވްސް 2.0 ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންނާ ވާހަކަފުޅު ދައްކަވަމުންވެސް ރައީސް މި ވާހަކަފުޅު ތަކުރާރުކުރައްވާފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"މޯލްޑިވްސް 2.0 ގެ އެއްވެސް މަޤްޞަދެއްގައި، އަދި ފޮރުވިފައި ވެސް ހާމަކަމާ އެކުގައި ވެސް އީ-ވޯޓިންގގެ އެއްވެެއްވެސް ސިފައެއްގައި އޭގެ ވާހަކައެއް ދެއްކިފައި ނޯންނާނެ،" ވަޒީރު އިޙްސާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު