މިނިސްޓަރު މުއްތަލިބު
މިނިސްޓަރު މުއްތަލިބު
ފ. މަގޫދޫގައި ތަރައްގީކުރާ އެއާޕޯޓްގެ މަސައްކަތް މި ދައުރުގެ ތެރޭގައި ނިމޭނެކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

މަގޫދޫގައި އެއާޕޯޓެއް ތަރައްގީކުރަމުން ދަނިކޮށް މި ސަރުކާރުން ވެރިކަމަށް އައިފަހުން މަގޫދޫއާ ކައިރީގައި އޮންނަ އެ އަތޮޅުގެ ނިލަންދޫގައި އެއާޕޯޓެއް އަޅަން ސަރުކާރުން ވަނީ ނިންމައި ބިން ވެސް ހިއްކައިފަ އެވެ.

އެހެންވެ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވަނީ މަގޫދޫގެ އެއާޕޯޓްގެ މަސައްކަތް ނިންމާނެތޯ މިނިސްޓަރާ ސުވާލުކުރައްވައިފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު ވިދާޅުވީ ފ. އަތޮޅުގައި އެއާޕޯޓް އަޅަން އެންމެ ފުރަތަމަ ވެސް ޕްލޭންކޮށްފައި އޮތީ ނިލަންދޫގައި ކަމަށެވެ. އަދި އެ މަޝްރޫއު ކުރިން މަގޫދޫއަށް ބަދަލުކުރީ ރަނގަޅަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް މަގޫދޫ އެއާޕޯޓްގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި އެ މަޝްރޫއުގެ މަސައްކަތުގައި ލަސްކަމެއް އުޅޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަގޫދޫ އެއާޕޯޓްގެ މަސައްކަތް މި ދައުރުގެ ތެރޭގައި ނިންމާފަ ހުޅުވާނަން." މިނިސްޓަރު ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން