މިދިޔަ މަހު 18 ވަނަ ދުވަހުގެ ރޭ ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައިގައި ހައްޔަރުކުރި ގ. އެރިއަދޫ ރައުދު އަހްމަދު ޒިލާލް (21އ) އާ ރިޔާސީ ކޮމިޝަނުން ސުވާލުކޮށްފި އެވެ.
އެ ކޮމިޝަނުން މިއަދު އެކްސްގައި ބުނީ މިއަދު ރައުދުއާ ބައްދަލުކޮށް ހާދިސާއަ ގުޅޭ ގޮތުން ސުވާލުކޮށްފައިވާ ކަމަށެވެ.
އިތުރު ތަފްސީލެއް ނުދެއެވެ.
އެ ކޮމިޝަނުން އިއްޔެ ބުނީ އެ ހާދިސާއާ ގުޅުން ހުރި ތަންތަނަށް ޒިޔާރަތްކޮށް މައްސަލައާ ގުޅުން ހުރި އިދާރާތަކުގެ މުވައްޒަފުންނާ ބައްދަލުކުރަން ވެސް ފަށައިފައިވާ ކަމަށެވެ.
ރައުދު ހައްޔަރުކުރީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. އަދި ތިން ފަހަރެއްގެ މަތިން އޭނާގެ ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ.
ޔުމްނުއަށް މެލޭޝިއާގައި ފަރުވާ ދެމުންދާއިރު އޭނާ ވެއްޓުނު ގޮތެއް އަދިވެސް ނޭނގެ އެވެ.
ނަމަވެސް ޔުމްނުގެ އާއިލާއިން ބުނީ އޭނާ އަމިއްލައަށް އިމާރާާތުން ފުންމާ ނުލާ ކަަމަށާއި އެ ހާދިސާ ހިނގިއިރު ޔުމްނު ކައިރީގައި ހަތަރު މީހަކު ތިބި ކަމަށެވެ. އެހެން ނަމަވެސް އެކަން ސީދާ ހިނގިގޮތެއް އާއިލާއިން ވެސް ކިޔައެއް ނުދެއެވެ. އަދި އެބުނާ އިތުރު މީހުންނަކީ ކޮން ބައެއް ކަމެއް ވެސް ނުބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު