ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް---
ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް---
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހޯދި ލޭންޑިން ކްރާފްޓްތަކާއި ޑްރެޖަރުތަކާއި އެހެނިހެން ތަކެއްޗަށް ވީގޮތެއް ނޭނގޭކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ށ. ކަނޑިތީމުގެ ނެރު ފުންކުރުމުގެ މައްސަލައާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު ވިދާޅުވީ އެފަދަ މަސައްކަތްތަކަކީ ޕަބްލިކްސްވޯކުން ކުރަމުން އައި މަސައްކަތްތަކެއް ކަމަށެވެ.

ޕަބްލިކް ވޯކްސް މިހާރު އޮތް ނަމަވެސް އެ އިދާރާގައި މަސައްކަތްތައް ކުރަން އެކަށީގެންވާ ވަސީލަތްތައް ނެތްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރައީސް ޔާމީން ސަރުކާރުގައި ޕަބްލިކް ވޯކްސްއަށް ހޯދާފައި ހުރި ޑްރެޖަރުތަކާއި ލޭންޑިން ކްރާފްޓްތަކާއި އެކްސްކަވޭޓަރުތަކާއި، މި އެއްޗެތި ވީ ތަނެއްވެސް ނޭނގޭ." މުއްތަލިބު ވިދާޅުވި އެވެ.

އެހެންވެ އެތަކެތި ނެތުމުން ޕަބްލިކް ވޯކްސްގެ މަސައްކަތްތައް ކުރުމުގެ ގާބިލުކަން ވަރަށް ބޮޑަށް ދަށްވެފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން