ފޮރިން މިނިސްޓަރު ހަލީލް--
ފޮރިން މިނިސްޓަރު ހަލީލް--
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ރަސްމީ ދަތުރުފުޅެއްގައި ކުވޭތަށް ވަޑައިގެންފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ މިއީ ކުވޭތުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޔަހުޔާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ ދަތުރުފުޅުގައި އެކި ދާއިރާތަކުން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަތައް ބާއްވާނެ ކަމަށެވެ.

އެގޮތުން އިގުތިސާދީ ގޮތުން ގުޅުންތައް ވަރުގަދަކޮށް އަދި އިންވެސްޓްމަންޓްތަކުގެ ފުރުސަތުތަކާ ގުޅޭ ގޮތުން މަޝްވަރާކުރަން ކުވޭތުގެ ފައިނޭންސް މިނިސްޓަރާއި ކޮމާސް މިނިސްޓަރާއި ބައްދަލުކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކުވޭތަކީ ރާއްޖޭގެ މަޝްރޫއުތަކަށް އެހީތެރިކަން މިހާރުވެސް ފޯރުކޮށްދެމުންދާ ގައުމެކެވެ. އެގޮތުން ކުވޭތުން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމަށްޓަކައި އެ ގައުމުން ހިންގާ ކުވޭތު ފަންޑުން އެހީތެރިކަން ފޯރުކޮށްދީފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން