މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނާ ރަޝީދު ވެއްޓުނު ހާދިސާއާ ގުޅިގެން، ދިވެހި ފުލުހުންގެ ޚިދުމަތުން ޢަމަލުކޮށްފައިވަނީ ރަނގަޅަށް ކަމަށް ހޯމް ލޭންޑް ސެކިއުރިޓީ ޢަލީ އިޙްސާން މިރޭ ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި "އަހާ ފޯރަމް" ގައި ވާހަކަފުޅު ދައްކަވަމުން ހޯމް ލޭންޑް ސެކިއުރިޓީ ޢަލީ އިޙްސާން ވިދާޅުވީ، މައްސަލައާ ގުޅޭގޮތުން އަދިވެސް ތަޙުޤީޤު ދަނީ ކުރިއަށ ކަމަށެވެ. މި މައްސަލައާ ބެހޭ މަޢުލޫމާތު އެންމެ ފުރަތަމަ ލިބުނުއިރު، ސޯޝަލް މީޑިއާގައި ވަރަށް ނޭދެވޭ ގޮތަކަށް މި ވާހަކަ ދެކެވެމުން ދިޔަ ކަަމަށާއި އޭގެ ތެރޭގައި ގިނަ ބަޔަކު ގަދަކަމުން އަންހެން ކުއްޖަކު ދަމައިގެންގޮސް ގެއަކަށް ވައްދައި، ފުރާޅުގެ ޓެރަހެއްގައި އެ ކުއްޖާއަށް ޖިންސީ ގޯނާކޮށް، އަދި ފުރާޅު މައްޗަށް އެއްލައިލި ކަމަށް ވާހަކަ ދެކެވުނު ކަމަށާއި މިފަދަ ޚަބަރެއް ފެތުރުމަކީ ވަރަށް ބޮޑަށް ކަންބޮޑުވި ކަމެއް ކަމަށް އިހްސާން ވިދާޅުވިއެވެ.
ނަމަވެސް ހެކިތަކާއި ވީޑިއޯ ފުޓޭޖްތައް ދިރާސާކުރުމަށްފަހު، މި މައްސަލައާ ގުޅޭގޮތުން ފެތުރުނު ގިނަ ވާހަކަތަކަކީ ދޮގު ވާހަކަތަކެއްކަން އެނގުނު ކަމަށާއި އަދި މިކަން އެނގުމާއެކު، ތަޙްޤީޤު ނިމުމުގެ ކުރިން ވެސް ރައްޔިތުންނަށް މަޢުލޫމާތު ހިއްސާކުރަން ފެށި ކަމަށް އިޙްސާން ވިދާޅުވިއެވެ.
"ފުލުހުން އަދިވެސް މަސައްކަތް ކުރަމުން ދަނީ ފުލުހުންގެ ކަނޑައެޅިފައި އޮންނަ މިންގަނޑުތަކާ އެއްގޮތަށް. އަދި ފުލުހުން ކުރާ މަސައްކަތުގައި މައްސަލައެއް އުޅޭތޯ ތަޙްޤީޤުކުރާ ދެތިން އިދާރާއިން ވެސް މިކަން ބަލަމުންދޭ،" މިނިސްޓަރ އިޙްސާން ވިދާޅުވިއެވެ.
މީގެއިތުރުން، މިހާތަނަށް ފުލުހުންގެ ޢަމަލުތަކުގައި އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނުވާ ކަމަށް މިނިސްޓަރ އިޙްސާން ފާހަގަކުރެއްވިއެވެ. އަދި އެފަދަ މައްސަލައެއް ފާހަގަކުރެވިއްޖެނަމަ، އެކަމާމެދު ފިޔަވަޅު ނޭޅުމަކީ އޭނާގެ މައްޗަށް ފިޔަވަޅު އެޅެންޖެހޭނެ ކަމެއް ކަމުގައި ވެސް އިހްސާން ވިދާޅުވިއެވެ.
ޔުމްނު ވެއްޓުނު މައްސަލައާ ގުޅިގެން ހައްޔަރު ކުރި ރައުދު އަހުމަދު ޒިލާލްގެ މައްސަލަގައި ހެއްކާ ގަރީނާ ލިބޭ ވަރަކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް އިހުސާން ވިދާޅުވިއެވެ. މިނިސްޓަރ އިހުސާން ވަނީ، ފުލުހުންގެ ތަޙުޤީޤަކީ ޕްރޮގްރެސިވްކޮށް، ހެއްކާއި ޤަރީނާ ލިބެމުންދާ މިންވަރަކުން ކުރާ ތަޙުޤީޤެއްކަމަށް ވިދާޅުވެފައެވެ.
މި ހާދިސާއާ ގުޅިގެން ސަރުކާރުން ގެންގުޅޭ ހާމަކަން ބޮޑު ސިޔާސަތު ފާހަގަކޮށް، ރައްޔިތުންނަށް ވީހާވެސް އަވަހަކަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާ ކަމަށް ވެސް މިނިސްޓަރ އިޙްސާން ވިދާޅުވިއެވެ.
ޔުމްނު ވެއްޓުމުގެ ހާދިސާ އާ ގުޅިގެން އޭނާއާއެކު ހާދިސާ ހިނގިރޭ އުޅުނު ރައުދު އަހުމަދު ޒިލާލް ވަނީ ހައްޔަރުކޮށްފައެވެ. އަދި ކްރިމިނަލް ކޯޓުން ވަނީ ތިން ފަހަރެއްގެ މަތިން އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައެވެ.
އެމައްސަލައިގެ ތަހުޤީޤުގައި ފުލުހުން އަމަލުކުރިގޮތާއި މެދު ހިތްހަމަނުޖެހިގެން ޒުވާނުންތަކެއް އިސްނަގައިގެން ސިލްސިލާ މުޒާހާރަތަކެއް ވެސް އަންނަނީ ކުރަމުންނެވެެ. ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގުކުރަން މިދިޔަ މަހުގެ 28 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު