ނިއުގެ ބައެއް އިސް އޮފިޝަލުން —
ނިއުގެ ބައެއް އިސް އޮފިޝަލުން —
މިހާރު ކުރިއަށްދާ އެފްއޭއެމް ލީގުކަޕްގައި ނިއުރޭޑިއަންޓުން މިއަދުގެ މެޗަށް ނުކުންނައިރު މުޅި ޓީމްވެސް އޮތީ މެޗުން މޮޅުވުމުގެ އަޒުމުގައި މެޗަށް ފުރިހަމައަށް ތައްޔާރުވެފައިކަމަށް އެ ޓީމުން ބުނެފިއެވެ.

މި މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗްގައި ނިއުރޭޑިއަންޓާ ދެކޮޅަށް ކުޅޭނީ ޓީސީ ސްޕޯޓްސް ކުލަބެވެ.

މިއަދުގެ މެޗާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނިއުގެ ސީނިއަރ ވައިސް ޗެއަރމަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޢަލީ އިބްރާހީމް (ކައްޕި) ވިދާޅުވީ، މިއަދުގެ މެޗަށް ޓީމް ނުކުންނައިރު އެންމެ ބޮޑު އަމާޒަކީ މެޗުން ތިން ޕޮއިންޓް ހޯދުންކަމަށެވެ.

އެހެންކަމުން މެޗުން މޮޅުވުމަށް ޓީމުގެ ކުޅުންތެރިންނާ މެނޭޖުމަންޓު ވެސް އޮތީ ނިއުގެ ރޫހުގައިކަމަށާއި ހުރިހާ ސަޕޯޓަރުން ވެސް ޓީމްގެ ރޫހާ އެއްގޮތަށް ދަނޑަށް ގޮސް ސަޕޯޓު ކުރުމަކީ ވަރަށް ބޮޑު އެދުމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ކައްޕި ވިދާޅުވީ، މުބާރާތުގެ ފުރަތަމަ މެޗްގައި ނުފެންނަ ބައެއް މުހިންމު ކުޅުންތެރިން މިއަދު ފެނިގެންދާނެކަމަށެވެ. އެއީ އެންޖަރީގެ ސަބަބުން ކުރީމެޗްގައި ނުކުޅޭ ބައެއް ކުޅުންތެރިންކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ޓީމާއި ފަހުން ގުޅުނު ކުޅުންތެރިންނާ އެކު ރަނގަޅު ފަރިތަކުރުންތަކެއް ގެންދެވިފައިވާތީ ޓީމްގެ ކޮމްބިނޭޝަން ކުރިއަށްވުރެ ވަރުގަދަވެފައިވާކަމަށާއި ރަނގަޅު ކުޅުމެއް ދައްކައި ނިއު އިން މިއަދު އިރާދަކުރެއްވިއްޔާ ނަތީޖާ ނެރޭނެކަމަށް ކައްޕި ވިދާޅުވިއެވެ.

މި މުބާރާތުގައި ނިއު އިން ކުޅުނު ފުރަތަމަ މެޗްގައި ބައްދަލުކުރީ މާޒިޔާ ސްޕޯސް ކުލަބާ ދެކޮޅަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން