ފޮޓޯ: ފޭސްބޫކް
ފޮޓޯ: ފޭސްބޫކް
ފީނަން ފައިބައިގެން އުޅުނު މީހެއްގެ ގައިގައި ދުއްވާފައިދިޔަ ލޯންޗަކުންޖެހި ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.

ފުލުހުން މިރޭ ބުނީ، ނ. އަތޮޅު ރިސޯޓެއްގެ ނެރު ކައިރީ ފީނަން އުޅުނު މީހެއްގެ ގައިމަތިން ލޯންޗެއް ދިޔަ ހާދިސާއެއް މިރޭ 10:30 އެހާއިރު ރިޕޯޓު ކޮށްފައިވާކަމަށެވެ. އަދި އެ ހާދިސާގައި އެ މީހާގެ އަތް ބުރިވެފައިވާކަމަށް ފުލުހުންވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ ހާދިސާގައި އަނިޔާ ވެފައި ވަނީ 30 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކަށް ކަމަށާއި އެ މީހާގެ ކަނައަތު އޮޅަނބޮއްޓާ ހިސާބުން ބުރިވެ، ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމަށެވެ. އެހެންވެ އޭނާ މާލެގެނެެސް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާކަމަށް ވަނީ ބުނެފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ގޮތެއް އަދި ސާފެއް ނުވެއެވެ. ފުލުހުން ބުނީ މިކަން އިތުރަށް ތަހުގީގު ކުރަމުންދާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން