ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަކީ ކޮންމެ މީހަކުވެސް އެދޭ ކަމެކެވެ. ނަމަވެސް، ގިނަ މީހުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރެއެވެ. މީހާގެ ކިބައިގައި ހުންނަ ބައެއް އާދަތަކުގެ ސަބަބުން ސިއްހަތަށް ގިނަ ގެއްލުންތަކެއް ލިބެއެވެ. ޚާއްސަކޮށް ރޭގަނޑުގެ ވަގުތުތަކުގައި ކުރާ ބައެއް ކަންތައްތަކުގެ ސަބަބުން ސިއްހަތަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބެއެވެ. މިފަހަރު މި ހިމަނާލަނީ ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން ބޭނުންވާނަމަ ރޭގަނޑު ކޮށްގެން ނުވާނެ ބައެއް ކަންކަމެވެ.
ލަހުން ނިދުން
ރޭގަނޑު ލަހުން ނިދުމަކީ ވަރަށް ގިނަ މީހުންގެ ކިބައިގައި އަށަގެންފައިވާ ނޭދެވޭ އާދައެކެވެ. މިއީ ސިއްހަތަށް ވަރަށް ގެއްލުން ހުރި ކަމެކެވެ. ރޭގަނޑު ލަހުން ނިދުމުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ މިންވަރަށް ނިދި ނުލިބެއެވެ. މީގެ ސަބަބުން ދުވާލުގެ ވަގުތުތަކުގައި ވަރުބަލިކަން އިހުސާސް ކުރެވެއެވެ. އަދި މަސައްކަތުގެ ފެންވަރު ދަށްވެއެވެ. އެހެންކަމުން، ރޭގަނޑު އަވަހަށް ނިދުމަށް އާދަ ކުރުމަކީ މުހިންމު ކަމެކެވެ.
ލަހުން ކެއުން
ބައެއް މީހުން ރޭގަނޑުގެ ދަން ގަޑިތަކުގައި ތަފާތު އެކިކަހަލަ ކާނާ ކައިބޮއި އުޅެއެވެ. މިއީ ހަޖަމު ކުރުމުގެ ނިޒާމަށް ވަރަށް ބޮޑު ގެއްލުމެއް ލިބޭ ކަމެކެވެ. ރޭގަނޑު ލަސްވަންދެން ކެއުމުގެ ސަބަބުން ބަނޑުގައި ގޭސް އުފެދެއެވެ. އަދި ނިދުމަށް ދަތިވެއެވެ. މީގެ އިތުރުން، ހަށިގަނޑުގެ ބަރުދަން އިތުރުވުމަށް މަގުފަހިވެއެވެ. އެހެންކަމުން، ރޭގަނޑު ނިދުމުގެ ތިން ގަޑިއިރު ކުރިން ކެއުން ހުއްޓާލުމަކީ މުހިންމު ކަމެކެވެ.
ކެފެއިން ބޭނުން ކުރުން
ރޭގަނޑު ކެފެއިން ހިމެނޭ ބުއިންތައް ބޭނުން ކުރުމަކީވެސް ވަރަށް ގިނަ މީހުން ކޮށް އުޅޭ ކަމެކެވެ. މިސާލަކަށް ކޮފީ އަދި އެނާޖީ ޑްރިކްނު ބުއިމަކީ މިޒަމާނުގެ ކުދިންގެ މެދުގައި އާންމު ކަމެކެވެ. ނަމަވެސް މިއީ ސިއްހަތަށް ވަރަށް ގެއްލުން ހުރި ކަމެކެވެ. ކެފެއިންގެ ސަބަބުން ނިދަން އުނދަގޫވެއެވެ. އަދި ނިދި ކަމުގައި ވީނަަމަވެސް ފުން ނިންޖެއް ނުލިބެއެވެ. މީގެ އިތުރުން ކެފެއިންގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ، ލޭގެ ޕްރެޝަރ މައްޗަށް ދެއެވެ. އެހެންކަމުން، ރޭގަނޑު ނިދުމުގެ ހަ ގަޑިއިރު ކުރިން ކެފެއިން އެކުލެވޭ ތަކެތި ބޭނުން ކުރުން ހުއްޓާލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު