އޮޅުހިޔާއަށް ގެންދިޔަ ބުޅަލެއް
އޮޅުހިޔާއަށް ގެންދިޔަ ބުޅަލެއް
މާލެ ސަރަހައްދުގައި އުޅޭ ބުޅާތައް ބަލަހައްޓަން ހުޅުމާލޭގައި ގާއިމުކޮށްފައިވާ އޮޅުހިޔާ ހިންގަން އަހަރަކު 1.3 ބިލިއަން ރުފިޔާ ހަރަދުވާނެކަމަށް އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް ވަނީ ބުޅާ ފެސިލިޓީ އޮޕަރޭޓް ކުރަންދާ ހަރަދާ ގުޅޭ ގޮތުން މިނިސްޓަރާ ސުވާލު ކުރައްވައިފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު މާރިޔާ ވިދާޅުވީ އޮޅު ހިޔާއަށް ނޮން ރިކަރަންޓް ހަރަދުގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އަދި އޮޅުހިޔާގައި 2000 ބުލަލަށް މަހަކު 700,000 ރުފިޔާ ހަރަދުވާނެކަމަށް ބެލެވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަހަރަކު 10.8 މިލިއަން ރުފިޔާ ހަރަދުވާނެ،. ފެސިލިޓީގެ ޖުމުލަ ބަޖެޓުން ބުޅަލަކަށް މަހަކު 368 ރުފިޔާ ހަރަދުވާނެ. އަދި ފެސިލިޓީގެ ޖުމްލަ ބަޖެޓުން ބުޅަކަށް އަހަރަކު 5،416 ރުފިޔާ ހަރަދުވާނެ." މާރިޔާ ވިދާޅުވި އެވެ.

މިދިޔަ ނޮވެމްބަރު މަހު ހުޅުވި އޮޅުހިޔާއަށް އޭޕްރީލް މަހާ ހަމައަށް ގެންގޮސްފައިވަނީ 30 ބުޅަލެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން