މަރްޔަމް ނަހްދާ ވަޙީދު   15 މޭ 2025 - 6:43
ހިކި މޭބިސްކަދުރު ފެން
ހިކި މޭބިސްކަދުރު ފެން
ހިކި މޭބިސްކަދުރަކީ ވަރަށް ގިނަ މީހުންނަށް ކަމުދާ އެއްޗެކެވެ. މިއީ ތަފާތު އެކި ގޮތްގޮތަށް ބޭނުން ކުރެވޭ އެއްޗަކަށް ވީއިރު، މިއީ ލުއި ކާނާގެ ގޮތުގައިވެސް ވަރަށް ގިނަ މީހުން ބޭނުން ކުރާ އެއްޗެކެވެ. ހިކި މޭބިސްކަދުރު ފެނަށް އަޅައި ފޯކޮށްގެން، އެ ފެން ބުއިމުންވެސް ހަށިގަނޑަށް ވަރަށް ގިނަގުނަ ފައިދާތަކެއް ލިބެއެވެ. މިފަހަރު މި ހިމަނާލަނީ ހެނދުނު ހިކި މޭބިސްކަދުރު ފެން ބުއިމަށް އާދަ ކޮށްފިނަމަ ލިބޭ ފައިދާތަކެވެ.

ކަށިތައް ވަރުގަދަވޭ

ހިކި މޭބިސްކަދުރު ފެނަކީ އޭގައި ގިނަ އަދަދަކަށް ފޮސްފަރަސް، ބޯރޮން އަދި ކެލްސިއަމް ހިމެނޭ އެއްޗެކެވެ. މި ހުރިހާ މާއްދާއަކީވެސް ކަށީގެ ސިއްހަތަށް ވަރަށް މުހިންމު މާއްދާތަކެކެވެ. އެހެންވެ، ކޮންމެ ދުވަހަކު މި ބޭނުން ކުރަން އާދަކޮށްފިނަމަ ކަށިތަކުގެ ބަރުދަން އިތުރުވެ، ކަށިތައް ވަރުގަދަވެއެވެ.

ނިދި ރަނގަޅު ކޮށްދޭ

ހިކި މޭބިސްކަދުރު ފެނަކީ އޭގައި ގިނަ އަދަދަކަށް މެލެޓޮނިން ހިމެނޭ އެއްޗެކެވެ. އެހެންވެ، މި ބޭނުން ކުރާނަމަ މީހާއަށް ފަސޭހަކަމާއެކު ރޭގަނޑުގެ ނިދި ލިބެއެވެ. މީގެ އިތުރުން މީގައި އެކުލެވޭ އެންޓިއޮކްސިޑެންޓުތަކުގެ ސަބަބުން ހަށިގަނޑު ދުޅަވުން ކުޑަކޮށްދީ، މީހާ އޮކްސިޑޭޓިވް ސްޓްރެސްއާވެސް ދުރުކޮށްދެއެވެ. މިސަބަބާހުރެވެސް ނިދީގެ މައްސަލަތައް ރަނގަޅުވެ، މީހާއަށް ހަމަ ނިދި ލިބެއެވެ.

ހީމޮގްލޮބިން އިތުރު ކޮށްދޭ

ހިކި މޭބިސްކަދުރަކީ އޭގައި ގިނަ އަދަދަކަށް އަޔަން ހިމެނޭ އެއްޗެކެވެ. އެހެންވެ މި ބޭނުން ކުރުމުން ހަށިގަނޑުގައި ހީމޮގްލޮބިން ހުންނަ ވަރު އިތުރުކޮށްދީ، ހަށިގަނޑަށް ބޭނުންވާ އަޔަން އެތެރެކޮށްދެއެވެ. ކޮންމެ ދުވަހަކު މި ބޭނުން ކުރަން އާދަކޮށްފިނަމަ ލޭގެ ތެރެއަށް އަޔަން ދަމައިގަންނަވަރު އިތުރުކޮށްދީ، މީހާގެ ހަކަތަ އިތުރު ކޮށްދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން