ޤައުމުގެ ކުރިއެރުން ހަލުވިވެ، ކުރިމަގު އުޖާލާވާނީ ޢާއިލާތައް ބަދަހިވެގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީ ގޮތުން މިއަދު ފާހަގަކުރަމުންދާ ޢާއިލާތަކުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި މީސްމީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައެވެ.
އެގޮތުން ރައީސް ވިދާޅުވީ، ޢާއިލާތަކުގެ ބައިނަލްއަޤްވާމީ ދުވަހު، ދިވެހި ކޮންމެ ޢާއިލާއަކަށް އެމަނިކުފާނު އެދިވަޑައިގަންނަވަނީ ފަހިކަމާއި ފާގަތިކަމަށް ކަމަށެވެ.
އަދި އިސްލާމްދީން އެންމެ ބޮޑު އިސްކަމެއް ދެނީ ޢާއިލީ ގުޅުންތައް ހަރުދަނާ ކުރުމަށް ކަމަށާއި، ދިވެހި ޢާއިލާތައް ބަދަހިވެ، ފުދުންތެރިވެ، ދިރިއުޅުމުގެ ފަސޭހަތައް އިތުރުވީ ވަރަކަށް ޤައުމުގެ ކުރިއެރުން ހަލުވިވެ، ކުރިމަގު އުޖާލާ ވާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
“ދިވެހި ކޮންމެ ޢާއިލާއަކަށް ފާގަތި ދުވަސްތަކެއް ހޯދައި ދިނުމުގައި މާތް ﷲ ނަޞްރާއި ކާމިޔާބީ މިންވަރު ކުރައްވާށި. އާމީން” ރައީސްގެ މެސެޖް ނިންމަވާލައްވަމުން ވިދާޅުވެފައިވެއެވެ.
ރައީސް މިހެން ވިދާޅުވެފައިވާއިރު، ކޮންމެ އަހަރެއްގެ ވެސް މެއި 15 ދުވަސް ފާހަގަ ކުރަމުން އަންނަނީ ބައިނަލްއަޤްވާމީ ޢާއިލާތަކުގެ ދުވަހުގެ ގޮތުގައެވެ.
އަދި މިސަރުކާރުން މާލެއާއި އަތޮޅުތެރޭގައި ކުރިޔަށްގެންދާ "ހާލު ކިހިނެއް؟" ޕްރޮގްރާމަކީ ޢާއިލާތަކުން ދިރިއުޅެމުންދާ ހާލަތު ދެނެގަތުމަށް ކުރިޔަށްގެންދާ މުހިންމު މަސައްކަތެކެވެ.

ޢާއިލާތަކުގެ ބައިނަލްއަޤްވާމީ ދުވަހު، ދިވެހި ކޮންމެ ޢާއިލާއަކަށް އަޅުގަނޑު އެދެނީ ފަހިކަމާއި ފާގަތިކަމަށް.
— Dr Mohamed Muizzu (@MMuizzu) May 15, 2025
އިސްލާމްދީން އެންމެ ބޮޑު އިސްކަމެއް ދެނީ ޢާއިލީ ގުޅުންތައް ހަރުދަނާ ކުރުމަށް. ދިވެހި ޢާއިލާތައް ބަދަހިވެ، ފުދުންތެރިވެ، ދިރިއުޅުމުގެ ފަސޭހަތައް އިތުރުވީ ވަރަކަށް ޤައުމުގެ… pic.twitter.com/AIzegXsYcM
ރައީސް މިހެން ވިދާޅުވެފައިވާއިރު، ކޮންމެ އަހަރެއްގެ ވެސް މެއި 15 ދުވަސް ފާހަގަ ކުރަމުން އަންނަނީ ބައިނަލްއަޤްވާމީ ޢާއިލާތަކުގެ ދުވަހުގެ ގޮތުގައެވެ.
އަދި މިސަރުކާރުން މާލެއާއި އަތޮޅުތެރޭގައި ކުރިޔަށްގެންދާ "ހާލު ކިހިނެއް؟" ޕްރޮގްރާމަކީ ޢާއިލާތަކުން ދިރިއުޅެމުންދާ ހާލަތު ދެނެގަތުމަށް ކުރިޔަށްގެންދާ މުހިންމު މަސައްކަތެކެވެ.
ކިޔުންތެރިންގެ ހިޔާލު