ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް އއ. މަތިވެރީގައި ޑޮމެސްޓިކް އެއާޕޯޓެއް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.
ދެހާސް ތޭވިސް ވަނަ އަަހަރުގެ ސެޕްޓެމްބަރު މަހު ރިޔާސީ ކެމްޕެއިންއަށް މަތިވެރިއަށް ވަޑައިގެން ރައީސް ވިދާޅުވީ މަތިވެރީގެ ފަޅުތެރެއިން ބައެއް ހިއްކައިގެން އެއާޕޯޓެއް އަޅުއްވައި ދެއްވާނެ ކަމަށެވެ. އަދި އެ އެއާޕޯޓް އެޅުމުގެ މަސައްކަތް މި އަހަރު ފެށޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ރޭ ކުރި އިއުލާނެއްގައި ބުނީ މަތިވެރީގައި ޑޮމެސްޓިކް އެއާޕޯޓެއް ތަރައްގީކުރުމަށް ނުވަތަ ތަރައްގީކުރުމަށް ފައިނޭންސްކުރުމަށް، މާލީ އަދި ފަންނީ ގާބިލުކަން ސާބިތުކޮށްދެވޭ ޝަރުތުހަމަވާ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.
އެހެންވެ އެ މަސައްކަތަށް، "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީ.އޯ.އައި.) ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލައިފައިވާކަމަށް ވެސް މިނިސްޓަރީން ބުންޏެވެ.
"މި މަޝްރޫއު ތަންފީޒުކުރެވޭނީ ކްރޮސް-ސަބްސިޑައިޒޭޝަން މޮޑެލެއްގެ ދަށުންނެވެ. މި މޮޑެލްގެ ދަށުން، ހޮވޭ އިންވެސްޓަރަށް އެ ވަސީލަތުގެ ރައުސުލްމާލު އަދި ހިންގުމުގެ ޚަރަދުތައް އަނބުރާ ހޯދުމަށް ވިޔަފާރީގެ ގޮތުން ފައިދާ ލިބޭނެ ބައިތަކެއް ހުށަހެޅިދާނެއެވެ" މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު