ވެރިކަން ކުރަށްވަނީ ރައްޔިތުންނަށްޓަކައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންނާއެކު ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މިއަދު ވިދާޅުވީ، ޙަޤީޤީ މާނާގައި ރައްޔިތުން ބާރުވެރިކުރެވިގެންދާނީ އިންތިޚާބީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން އެ މަޤާމުތަކުން ދުރުކުރުމުގެ ބާރުވެސް، ރައްޔިތުންގެ އަތް މައްޗަށް ލިބުމުން ކަމަށެވެ.
އެގޮތުން ވަކި ޤައުމެއްގައި ކަންކުރާ އުސޫލުން ކަންކަން ކުރަން ނުޖެހޭ ކަމަށާ، އެއަށްވުރެ މާ ރަނގަޅަށް، ސީދާ ރައްޔިތުންގެ ބާރުވެރިކަން ވަރުގަދަކުރެވި، ޔަޤީންކަމާއި ކަށަވަރުކަން އިތުރުވާ ގޮތަށް ދިވެހިންގެ ކަންކަން ބައްޓަން ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ޤާނޫނު އަސާސީއަށް އެމަނިކުފާނު ގެންނަވަން ބޭނުންފުޅުވާ ބަދަލުތައް ގެނައުމުގެ ކުރިން ރައްޔިތުންގެ ޚިޔާލު ހޯއްދަވަމުން ގެންދަވާނެ ކަމަށާއި، ރައްޔިތުންގެ ފެންނަ، ނުފެންނަ ވޯޓަކަށްވެސް އަހާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މިކަމުގައި އެ މަނިކުފާނު އަމިއްލަފުޅަށް އެއްވެސް ކަމެއް ނުނިންމަވާނެ ކަމަށާއި، ވެރިކަން ކުރަށްވަނީ ރައްޔިތުންނަށްޓަކައި، ރައްޔިތުންނާއެކު، ރައްޔިތުންނާއި ގާތުންކަމުގައި ރައީސް ވިދާޅުވިއެވެ.
“ރައްޔިތުންނަށްޓަކައި އަޅުގަނޑު ވެރިކަން ކުރަނީ. ރައްޔިތުންނާއެކު، ރައްޔިތުންނާ ގާތުން ހުރިހާ ކަމެއްވެސް މި ކުރަނީ. އަދި ޤާނޫނުއަސާސީވެސް އޮތީ އެހެން.” ރައީސް މިއަދު ވިދާޅުވެފައިވެއެވެ.
އޭގެ އިތުރުން ރައީސް ވަނީ، މިސަރުކާރުން ނިންމަމުންދަނީ މުސްތަޤުބަލުގެ މުހިންމު ނިންމުންތަކެއް ކަމަށާއި، އަދި އެކަންކަމުގެ ހައްސާސްކަމާމެދު ހުރިހާ ރައްޔިތުންވެސް ވިސްނާވަޑައިގަތުމަށް ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު