ތުއްތު ކުއްޖަަކު އުރައިގެން ހުޅުމާލޭގައި މަގު ހުރަސްކުރި އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަގޮތުން އަންހެން މީހާ ކުއްޖާ އުރައިގެން މަގު ހުރަސްކުރަނިކޮށް ބާރަށް ދުއްވާފައި ދިޔަ ސައިކަލަކުން އެ އަންހެން މީހާގެ ގައިގައި ޖެހެއެވެ.
އެއާާއެކު އަންހެން މީހާއާއި ކުއްްޖާގެ އިތުރުން ސައިކަލު ދުއްވި މީހާވެސް މަގު މައްޗަށް ވެއްޓެ އެވެ. އަދި އެ ވަގުތު އެތަނަށް އެއްވި މީހުން އަންހެން މީހާއަށާއި ތުއްތު ކުއްޖާއަށް އެހީތެރިވަމުންދާާ އިރު ސައިކަލުން ވެއްޓުނު މީހާ އަމިއްލައަށް ތެދުވާާތަން ފެނެއެވެ.
ފުލުހުން މީޑިއާާތަކާ ހިއްސާ ކުރި މެސެޖުގައި ބުނީ އެ ހާދިސާ ރިޕޯޓްކުރީ މިއަދު ހެނދުނު 09:30 ކަންހާއިރު ކަމަށެވެ. އަދި އެކްސިޑެންޓްގައި އަނިޔާވި ތިން މީހުންނަށް ވެސް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާާ ދެމުންދާ ކަމަށް ވެސް ފުލުހުން ބުންްޏެވެ.
ފުލުހުން ބުނީ އެ ހާދިސާގައި ސައިކަލު ދުއްވި މީހާގެ ވާތު ކޮނޑުހުޅު ބިނދި، ކަނާތު ފައިތިލަ މަށައިގެން ގޮސްފައިވާ ކަމަށެވެ. އަދި އަންހެން މީހާގެ އުޅަނބޮށި މަށައިގެން ގޮސް ތުއްތު ކުއްޖާގެ ބޯ ދުޅަވެފައިވާ ކަމަށެވެ.
އެ ހާދިސާގައި ސައިކަލު ދުއްވަން އިން މީހާގެ ލައިސަންސް އޮތް ކަމެއް ފުލުހުން ނުބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު