އެވޮކާޑޯ
އެވޮކާޑޯ
އެވޮކާޑޯ އަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި، ތަފާތު އެކިކަހަލަ ވިޓަމިންތަކާއި ނިއުޓްރިއެންޓުތައް އެކުލެވޭ އެއްޗެކެވެ. މިއީ ތަފާތު އެކި ގޮތްގޮތަށް ތައްޔާރު ކުރެވޭ އެއްޗެކެވެ. އެގޮތުން ބަލާއިރު ލޮނު ކޮށްވެސް ނުވަތަ ފޮނިކޮށްވެސް މި ބޭނުން ކުރެވޭނެއެވެ. ތިރީގައި މި ހިމަނާލަނީ އެވޮކާޑޯ ކަމުދާނަމަ، އެ ތައްޔާރު ކުރެވޭނެ ބައެއް ގޮތްތަކެވެ.

ކްރީމީ އެވޮކާޑޯ ޓޯސްޓު

މިއީ ވަރަށް ފަސޭހައިން ތައްޔާރު ކުރެވޭނެ އެއްޗެކެވެ. މި ތައްޔާރު ކުރުމަށްޓަކައި އެވޮކާޑޯއެއްގެ އެއްބައި ރަނގަޅަށް ޗަސްކޮށްލުމަށްފަހު، އޭގެ ތެރެއަށް ލުނބޯ ހުތް ކޮޅަކާއި، ހިކި މިރުސްކޮޅެއް އަޅާފައި އެއްކޮށްލާނީއެވެ. އަދި އެއަށްފަހު އެމީހަކަށް އެންމެ ކަމުދާ ޕާނެއްގައި އެ ކްރީމްގަނޑު އުނގުޅާލާނީއެވެ. އަދި ބިސްގަނޑެއް ނުވަތަ ކުޑަކޮށް ކޮށާފައިހުރި ޗެރީ ޓޮމާޓޯއިން ގާނިޝް ކޮށްގެން ކާލާނީއެވެ. މިއީ ހެނދުނުގެ ސައި ގަޑިއަށް ރަނގަޅު، އަދި ވަރަށްވެސް ފައިދާހުރި އެއްޗެކެވެ.

އެވޮކާޑޯ ޗޮކްލެޓް މޫސް

މި ތައްޔާރު ކުރުމަށްޓަކައި އެވޮކާޑޯއެއްގެ އެއްބަޔާއި، ކޮކޯ ޕައުޑަރާއި، މެޕަލް ސިރަޕާއި، ވެނީލާ އަދި އެމީހަކަށް ކަމުދާ ވައްތަރެއްގެ ކިރު އެޅުމަށްފަހު ރަނގަޅަށް މިކްސަރުން އެއްކޮށްލާނީއެވެ. އަދި ރަނގަޅަޢް ފިނިކޮށްލުމަށްފަހު ބެރީ ކަހަލަ މޭވާއަކުން ގާނިޝް ކޮށްލާނީއެވެ. މިއީ ފައިދާހުރި ފޮނިއެއްޗެހި ކާން ބޭނުންވާ މީހުން ތަޖުރިބާ ކޮށްލަން ޖެހޭ އެއްޗެކެވެ.

އެވޮކާޑޯ ޔޯގަޓް ސްމޫތީ

މި ތައްޔާރު ކުރުމަށް ބޭނުންވާނީ އެވޮކާޑޯއެއްގެ އެއްބަޔާއި، ގްރީކް ޔޯގަޓާއި، ދޮންކޭލާއި، ސްޕިނެޗް އަދި ކާށި ކިރެވެ. މި ހުރިހާ އެއްޗެއް މިކްސަރަށް އަޅައި ރަނގަޅަށް އެއްކޮށްލުމުން ސްމޫތީ ތައްޔާރު ވާނެއެވެ. މިއީ ކަސްރަތު ކުރުމަށްފަހު މީހާގެ މަސްތައް ރިކަވާ ކުރަން ބޯން ރަނގަޅު އެއްޗެކެވެ. އަދި ލަސްވެގެން ވަޒީފާއަށް ދާއިރުވެސް ގެންދަން ރަނގަޅު އެއްޗެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން