ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގައި ވޭޕް މަނާކުރުމުގެ ހެޔޮ ނަތީޖާތައް ފެންނަން ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އެތާރީޚުގެ ފަހުން އުފަންވާ މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުމާއި ބޭނުންކުރުން މުޅި އުމުރަށް މަނާވާގޮތަށް އެކުލަވާލާ ފާސްކޮށްފައިވާ ބިލް ތަސްދީގު ކުރެއްވުމަށްފަހު މިއަދު ރައީސް އޮފީހުގައި ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވާފައެވެ.

އެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ، ވޭޕް މަނާކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށެވެ.

އެގޮތުން ގެނެވުނު ބަދަލާ އެކު ހޮސްޕިޓަލުތަކުގައި ރެސްޕިރޭޓަރީ ޑިޒީޒްތަކަށް ފަރުވާ ހޯދާ މީހުންގެ އަދަދު މަދުވެއްޖެ ކަމަށާއި ގިނަ ބަޔަކު އެއާއި ދުރަށް ދިޔުމަށް މަސައްކަތްކޮށް ދުރަށް ގޮސްފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ވޭޕާއި ގުޅޭގޮތުން ރައީސްގެ އިސްނެންގެވުމަކަށް ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން، މިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެ ކުރުމާއި ގެންގުޅުން ވަނީ މަނާވެފައެވެ.

މިއަދުގެ ބައްދަލުވުމުގައި ރައީސް އިތުރަށް ވިދާޅުވީ ދުންފަތާއި ދެކޮޅަށް ފިޔަވަޅުތަކެއް އެޅުމުގެ ބޭނުމަކީ ވަކި ބަޔަކު ކުށްވެރިކުރުން ނޫން ކަމަށެވެ. އަދި ހޭލުންތެރި ކުރުވައިގެން މީހުން އަމިއްލައަށް ދުންފަތުން ސަލާމަތްވުމަކީ ޖެނެރޭޝަން ބޭން އަދި ވޭޕް މަނާކުރުމުގެ އެންމެ މުހިއްމު އެއް މަގުސަދު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން