ޤައުމީ ޚިދުމަތުގެ ޕްރޮގްރާމަށް 658 ޒުވާނުން ހުށަހަޅާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ދިވެހިރާއްޖޭގައި އިންތިޒާމުވެގެން ހިންގާ ނުރައްކާތެރި ބޮޑެތި ކުށްކުރުން ހުއްޓުވުމަށް އެކުލަވާލި، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ތަޞްދީޤު ކުރެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވެވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް މިއަދު ވިދާޅުވީ، ޒުވާނުން ސިފައިންގެ ޚިދުމަތަށް ވައްދަން ކުރިއަށް ގެންދާ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް 658 ޒުވާނުން ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 538 ފިރިހެން ކުދިން އަދި 120 އަންހެން ކުދިންނެވެ.
އަދި އޭގެތެރެއިން 316 ކުދިންނަކީ ބެލެނިވެރިޔާގެ ރުހުމާއެކު މި ޕްރޮގްރާމްގައި ބައިވެރިވުމަށް ހުށައެޅި އުމުރުން 18 އަހަރު ނުފުރޭ ކުދިން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ޕްރޮގްރާމަށް އެހާ ރަނގަޅު އިޖާބައެއް ލިބުމުގެ މާނައަކީ މައިންބަފައިން އެމީހުންގެ ދަރިންނަށް ރަނގަޅު މުސްތަޤްބަލެއް ހޯދައިދިނުމަށް ހުރި ޝައުޤުވެރިކަމުގެ ބޮޑުކަން ކަމަށެވެ.
“ސަރުކާރަށް މިކަމުގައި އިތުބާރުކޮށް ޕްރޮގްރާމްގައި ބައިވެރިކޮށްގެން އެކުދިންނަށް ރަނގަޅު ދިރިއުޅެއް ހޯދަން ބޭނުންވާކަން.” ރައީސް މިއަދު ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވެފައިވާއިރު، ޤައުމީ ޚިދުމަތުގެ ޕްރޮގްރާމަކީ ސްކޫލް ދައުރުގައި ރަނގަޅު ނަތީޖާ ނުނެރެވޭ ޒުވާނުންނަށް ފުރުސަތެއް ދިނުމުގެ އިތުރުން ސަލާމަތީ ޚިދުމަތްތައް ކުރިއެރުމަށް ކޮންމެ އަހަރަކު ސިފައިންގެއަށް 1،000 މީހުން ރެކްރޫޓް ކުރުމުގެ ގޮތުން ކުރިއަށްގެންދާ ޚާއްސަ ޕްރޮގްރާމެކެވެ.
ސަރުކާރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ ޒުވާނުންނަށް މި ޕްރޮގްރާމަށް ކުރިމަތިލާން ހުޅުވާލީ މި މަހުގެ އެއްވަނަ ދުވަހުއެވެ. އަދި ޕްރޮގްރާމްގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ މަހުގެ އެއް ވަނަ ދުވަހުގެ މެންދުރު 12:00 އެވެ.

ކިޔުންތެރިންގެ ހިޔާލު