ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އެންވޯއީއަކަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން އައްޔަނުކުރައްވައިފި އެވެ.
މުސާރަ ނުލިބޭ ގޮތަށް ރައީސް ވަހީދު އެ މަގާމަށް އައްޔަނުކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓްގެ މަގާމަށް އައްޔަނު ކުރެއްވުމަށްފަހު، ރައީސް މުއިއްޒު ވަނީ ރައީސް ވަހީދުއާ ބައްދަލުކުރައްވައި ރާއްޖޭގެ ޚާރިޖީ ގުޅުން ވަރުގަދަ ކުރުމަށް ސަރުކާރާއެކު މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
އަދި އިގުތިސާދީ ގޮތުން ނަފާ ލިބޭނެ ކަންކަން މަގުފަހިކުރުމަށް ގައުމުތަކާއެކު މަޝްވަރާކުރައްވައި އެރޮގުން ކާމިޔާބީ ހާސިލުކުރުމަށް މަސައްކަތްކޮށްދެއްވުމަށްވެސް ރައީސް އެދިވަޑައިގެންނެވިއެވެ.
ހަމައެއާއެކު މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވަހީދު ވަނީ ދެއްވި ފުރުސަތަށް ޝުކުރު އަދާކުރައްވައި މަގާމުގެ ޒިންމާ ފުރިހަމައަށް އަދާކުރައްވާނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު