ތ. ކަނޑޫދޫގައި ބިދޭސީ ޓީޗަރަކު އެ ރަށު ސްކޫލް ދަރިވަރެއްގެ އިނގިލި އަނބުރާލާ ހުޅުން ނައްޓުވާލި މައްސަލައެއް ފެންމަތި ވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ، މިއަދު ހެނދުނު 10:50 އެހާއިރު ތ. ކަނޑޫދޫ ސްކޫލްގައި މަސައްކަތް ކުރާ ބިދޭސީ ޓީޗަރަކު އެ ސްކޫލް ދަރިވަރެއްގެ އަތުގެ އިނގިލީގައި ހިފާ، އަނބުރާލާ ހުޅުން ނައްޓުވާލި މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

އަދި މި ހާދިސާގައި އަނިޔާވި ދަރިވަރަށް ތ. ވޭމަންޑޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދާކަމަށް ފުލުހުންވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށާއި އަދި މި މައްސަލާގައި މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން