ރާއްޖޭގެ ސަރަހައްދުގައި ކުރިއަށް އޮތް ފަސް ދުވަހު ކަނޑުތައް ގަދަވެ އުދަ އަރާނެކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ(މެޓް) އިން ބުނެފިއެވެ.

މެޓުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ސަރަހައްދުތަކަށް ހުޅަނގު މޫސުމުގެ އަސަރު ބާރު ގަދަވާނެކަމަށް ބެލެވޭ ކަމަށެވެ. އަދި އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވެ އުދަ އަރާނެކަމަށް ލަފާ ކުރެެވޭކަމަށެވެ.

އެ ބަޔާނުގައި މެޓުން ބުނީ އުތުރާއި މެދު ރާއްޖެތެރޭގެ ބައެއް ރަށްތަކަށް ވިއްސާރަކޮށް ގުގުރުން ވެސް އެކަށީގެންވާ ކަމަށެވެ. އަދި ކަނޑު ދަތުރުތައް ކުރާ ފަރާތްތަކުން ދަތުރު ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.

މި މަހުގެ ހަތް ވަނަ ދުވަހު ދެކުނުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށުނު އިރު މެދު ރާއްޖެ ތެރެއަށް ހުޅަނގު މޫސުން ފެށުނީ މޭ ބާރައިގައެވެ. އަދި އުތުރަށް ހުޅަނގު މޫސުން މި މަހުގެ 21 ގައި ވަނީ ފަށައިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން