ކަރިމިނަލް ކޯޓު
ކަރިމިނަލް ކޯޓު
ޗޮކުލެޓެއް ވަގަށް ނެގި މީހަކު 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން މި މައްސަލައަކީ، ރެޑްވޭވް ޕްލާޒާއިން 14 ރުފިޔާއަށް ދޭ ޗޮކުލެޓެއް ވަގަށް ނަގައި، ކެއި މައްސަލައެކެވެ. މި މައްސަލާގައި ހދ. ހަނިމާދޫ، ޒަވާދަވިއު، އުމުރުން 37 އަހަރުގެ ޝުރައިޚު ޝަރީފު 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އޭނާގެ މައްޗަށް ކުރަނީ ވައްކަންކުރުމުގެ ކުށުގެ ތުހުމަތެވެ. ކޯޓުން ނިންމާފައިވަނީ އޭނާ ހައްޔަރުކުރީ އިޖުރާއަތާއި އެއްގޮތަށް ކަމަށެވެ. އަދި އޭނާ ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއްގެ ގޮތުގައި ކޯޓު އަމުރުގައި ފާހަގަކޮށްފައި ވަނީ އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައެވެ.

ފުލުހުންގެ ހާދިސާ ރިޕޯޓުން އެނގޭ ގޮތުގައި އޭނާ ފިހާރައަށް އައިސް، ފިހާރަ ހަރުން ސްނިކާ ބްރޭންޑުގެ 50 ގްރާމްގެ ޗޮކުލެޓެއް ނަގައި، އެ ކާލުމަށްފަހު އޭގެ ކަރުދާސްގަނޑު ޖީބަށް ލުމުން ފިހާރައިން ވަނީ އޭނާ ހުއްޓުވައި ފުލުހުންނަށް ރިޕޯޓް ކޮށްފައެވެ.

އޭނާއަކީ ކުށުގެ ރެކޯޑު އޮތް ފަރާތެއް ކަމަށާއި، މިއަހަރު ތެރޭގައި ވެސް ތިން ފަހަރެއްގެ މަތިން ކުށުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންގޮސްފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ.

އެ މައްސަލައިގައި އޭނާ ބުނެފައިވަނީ ވަނީ އޭނާ ކެއީ 14 ރުފިޔާއަށްދޭ ޗޮކުލެޓެއް ކަމަށާއި، އެހެންކަމުން ގިނަ ދުވަހަށް ބަންދު ނުކުރުމަށް އެދޭކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން