ރާއްޖެއަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 6499 ފަތުރުވެރިން ޒިޔާރަތްކުރާ ކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުން ދައްކައިފިއެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، މިއަހަރުގެ އެއް ވަނަ ދުވަހުން ފެށިގެން މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 6499 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އަދި އެންމެ ގިނައިން ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ.
އެގޮތުން 672،165 ފަތުރުވެރިން ރިސޯޓްތަކުގައި ޗުއްޓީ ހޭދަކޮށްފައިވާއިރު، 218،838 ފަތުރުވެރިއަކު ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވެއެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 942،427 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 8 އިންސައްތައިގެ ކުރިއެރުމެކެވެ.
މިއަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާ މާކެޓުންނެވެ. ޗައިނާއިން އަހަރުގެ މިހާތަނަށް ޖުމްލަ 111،217 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ. ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ރަޝިއާއިން 101،837 ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ.
ރާއްޖޭގައި ފަތުރުވެރިންނަށް މިހާރު ހިދުމަތްދެމުން އަންނަނީ 1،191 ތަނަކުންނެވެ. އެއީ 175 ރިސޯޓާއި، 842 ގެސްޓްހައުސް އާއި، 158 ސަފާރީގެ އިތުރުން 16 ހޮޓަލެވެ. މިތަންތަނުގެ ޖުމްލަ ބެޑް ކެޕޭސިޓީއަކީ 63،172 އެވެ.

ކިޔުންތެރިންގެ ހިޔާލު