ރައުދު އަހްމަދު ޒިލާލް ފުލުހުންގެ ބަންދުން ދޫކޮށްލަން އިރުޝާދު ދިނީ އޭނާއަށް އަންނާނެ ކަމަށް ބެލެވޭ އަދަބަށްވުރެ، ބަންދުގެ މުއްދަތު އިތުރުވާނެތީ ކަމަށް ޕީޖީ އޮފީހުން ހާމަކޮށްފިއެވެ.
ޕީޖީ އޮފީހުން މިކަން ހާމަކޮށްފައިވަނީ، މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާއިން ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓުނު މައްސަލައިގައި ހައްޔަރުކުރި ގ. އެރިއަދޫ ރައުދު އަހްމަދު ޒިލާލް ރޭ މެންދަމު ފުލުހުންގެ ބަންދުން ދޫކޮށްލުމާ ގުޅިގެންނެވެ.
އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކުރި ރައުދަކީ ޙާދިސާ ހިނގި ވަގުތު ޔުމްނުއާއެކު ފެންޓެނޯއީ ގޭގައި ޙަރަކާތްތެރިވަމުން ދިޔަ މީހެކެވެ. ރައުދު ބަންދުން ދޫކޮށްލާފައިވަނީ، އެކިފަހަރު މަތިން ބަންދު މުއްދަތު އިތުރުކުރުމަށް ފަހުގައެވެ.
ފުލުހުން މިއަދު ބުނީ ރައުދު ދޫކޮށްލީ އެ މައްސަލައިގެ ލިޔެކިޔުންތައް ދިރާސާކުރުމަށް ފަހު، ރައުދު ބަންދުން ދޫކޮށްލުމަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން އިރުޝާދު ދީފައިވާތީ ކަމަށެވެ.
އެކަމާ ގުޅިގެން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ބުނެފައިވަނީ، ރައުދު ބަންދުން ދޫކޮށްލަން އެދުނީ ރައުދު ބަންދުގައި ހުރި މުއްދަތު، އޭނާގެ މައްޗަށް އަންނާނެ ކަމަށް ބެލެވޭ ހުކުމްގެ މުއްދަތަށްވުރެ ދިގުވެދާނެތީ ކަމަށެވެ. އަދި އެއީ، އާންމުކޮށް އަމަލުކުރާ އުސޫލު ކަމަށް ވެސް ޕީޖީ އޮފީހުން ހާމަކޮށްފައިވެއެވެ.
އޭގެ އިތުރުން ޕީޖީ އޮފީހުން ބުނެފައިވަނީ، ރައުދަށް ދައުވާ ކޮށްދިނުމަށް އެދި އެ މައްސަލަ މިދިޔަ ހޮނިހިރު ދުވަހު ފުލުހުން ޕީޖީ އޮފީހަށް ފޮނުވުމާއެކު، މައްސަލަ ބަލައިގަނެފައިވާ ކަމަށާއި، ރައުދުގެ މައްޗަށް ދައުވާ ކުރުމާ މެދު، ގާނޫނުގައި އޮންނަ 15 ދުވަހުގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށެވެ.
ރައުދުގެ ބަންދު އަމުރުތަކުން އެނގޭ ގޮތުގައި، ފުލުހުން ވަނީ ރައުދުގެ މައްޗަށް ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތު ކުރުުމުގެ އިތުރުން، އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި، ޖިންސީ ބޭނުން ހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ކޮށްފައެވެ.
ނަމަވެސް ފުލުހުން ރައުދުގެ މައްޗަށް ދަޢުވާ ކުރުމަށް ފޮނުވާފައިވަނީ ކޮންކުށެއްގެ ތުހުމަތުގައި ކަމެއް ސާފުވެފައެއް ނުވެއެވެ. ރައުދުގެ މައްޗަށް ދަޢުވާ ކުރުމަށް ފުލުހުން ޕީޖީއަށް ހުށައަޅާފައިވާއިރު، މި ޙާދިސާގައި އަނިޔާލިބުނު ޔުމްނުގެ ބަޔާން މިހާތަނަށް ނެގިފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ރައުދުގެ މައްޗަށް ދަޢުވާ ކުރުމަށް ޕީޖީއަށް ފޮނުވާފައިވާއިރު، ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ވެއްޓި ބޮޑެތި އަނިޔާތަކެއް ވެފައިވާ ހައްވާ ޔުމްނު ރަޝީދަށް މެލޭޝިޔާގެ ހޮސްޕިޓަލެއްގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.
ފުލުހުން މީގެކުރިން ވަނީ ރައުދާއި، ޔުމްނު ފެންޓެނޯއީގޭގެ އެތެރޭގައާއި އިމާރާތުން ބޭރުގައި އުޅޭ މަންޒަރުތައް ފެންނަ ވީޑިއޯ ފުޓޭޖު އާންމުކޮށްފައެވެ. އެ މައްސަލައިގައި ޔުމްނު ހިމެނޭހެން ޖުމުލަ 8 މީހެއްގެ ފޯނާއި ޕާސްޕޯޓުވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ހިފަހައްޓައިފައެވެ،
އަދި އެ މައްސަލައާއި ގުޅިގެން މއ. މާންދޫގެ ދެކުނުބައިގެ ޓެރަހާއި އެ އިމާރާތުގެ 2 އަދި 4 ވަނަ ފަންގިފިލާ ބަލާ ފާސްކޮށްފައިވާ ކަމަށާއި ހ. ކަށިވެލި ގޭގެ 3 ވަނަ ފަންގިފިލާ ވެސް ފުލުހުން ވަދެ ބަލާ ފާސްކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު