ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ހޯމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ ދެވަނަ ދުވަހުގެ މެންދުރު 12 ގެ ކުރިން، އެ މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
މި މަގާމަށް ކުރިމަރިލެވޭނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީގެ އޮފިސަރުންނަށެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި އަލީ ސުޖާއު މިދިޔަ މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ މާލޭގެ އިމާރާތެއް މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގެ ތަހުގީގު ހިންގަމުންދިޔަ ގޮތާ ގުޅިގެން ފުލުހުންނަށް ފާޑުކިޔުން އަމާޒުވެ، އޭނާގެ އިސްތިއުފާއަށް ގޮވައި މުޒާހަރާ ކުރަމުންދަނިކޮށެވެ.
ސުޖާއު އިސްތިއުފާ ދެއްވުމުން ހޯމް މިނިސްޓްރީން އެންމެ ފުރަތަމަ ނިންމީ އެ މަގާމު ވަގުތީ ގޮތުން އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީއާ ހަވާލު ކުރުމަށެވެ. އެހެންނަމަވެސް އޭގެ އިރުކޮޅެއްފަހުން ހޯމް މިނިސްޓްރީން ވަނީ އެ ނިންމުން ބަދަލުކޮށް، އެސިސްޓެންޓް ކޮމިޝަނަރު އިސްމާއިލް ނަވީންއާ ވަގުތީ ގޮތުން މަގާމު ހަވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު