އައްޑޫ ސިޓީ މީދޫގެ މަތިކިޅި އިކޯ ގާޑެން އަށް ބަޔަކު ގަސްތުގައި ގެއްލުންދޭން އުޅޭ ކަމަށް ތުހުމަތުކޮށް އެބަޔަކާމެދު ފިޔަވަޅު އަޅަން ގޮވާލައިފިއެވެ.
މަތިކިޅި ސޮސައިޓީން ސޯޝަލްމީީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ބުނީ ރޭ ފަތިހުގެ ވަގުތެއްގައި އަނެއްކާ ވެސް މަތިކިޅީގައި އަލިފާން ރޯވެފައިވާ ކަމަށެވެ. މިފަހަރު އަލިފާން ރޯކޮށްފައިވަނީ އީކޯ ގާޑަންގެ އެންޓްރީ ވޯކްވޭގެ ދެކުނު ފަރާތުގައި ކަމަށް އެ ޕޯސްޓުގައި ވެއެވެ.
ސޮސައިޓީން ބުނީ އެމްއެންޑީއެފުން އެ އަލިފާންގަނޑު ކޮންޓްރޯލު ކޮށްފަައި ވާކަމަށެވެ.
"މިއީ ސީދާ އީކޯ ގާޑަނަށް ގެއްލުން ދިނުމަށް ޖެހި ހުޅެއް ކަމަށް ތުހުމަތުކުރެވެ އެވެ. މިފަދަ ކަންކަން ކުރާ މީހުން ހޯދައި ތަހުގީގުކޮށް އެ މީހުންނަށް ފިޔަވަޅު އެޅުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލަމެވެ." މަތިކިޅި ސޮސައިޓީން އާންމުކުރި ޕޯސްޓުގައި ވެއެވެ.
މަތިކިޅި އިކޯ ގާޑެންގައި ވަރަށް ގިނައިން އަލިފާނުގެ ހާދިސާތައް ހިނގައެވެ. އަދި ބައެއް ފަހަރު އަލިފާން ކޮންޓްރޯލު ކުރަން ގިނަ އިރުތަކެއްވެސް ނަގައެވެ. މިއަހަރު މާޗު މަހުވެސް މަތިކިޅީގައި އަލިފާން ރޯވިއެވެ. އަދި އެ އަލިފާންގަނޑު ބޮޑު ބަޔަކަށް ފެތުރި، މަތިކިޅީގެ ބޮޑު ބައެއް ވަނީ އަނދާފައެވެ.

ކިޔުންތެރިންގެ ހިޔާލު