ބެންކް ހިންގުމަށް ހުއްދަ ދިނުމަށް ސޮއި ކުރުމުގެ ތެރެއިން --
ބެންކް ހިންގުމަށް ހުއްދަ ދިނުމަށް ސޮއި ކުރުމުގެ ތެރެއިން --
ރާއްޖޭގައި ބޭންކިންގ ހިދުމަތް ދިނުމަށް ބޭނުންވާ ޕްރީ-އޮޕަރޭޝަނަލް ހުއްދަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދެ ފަރާތަކަށް ދީފިއެވެ.

އެމްއެމްއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ރާއްޖޭގައި މާލީ ނިޒާމް ހަރުދަނާކޮށް ކުރިއެރުވުމަށް މަރުކަޒީ ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ދޫކުރަން ނިންމި ހުއްދަތެކެއްކަމަށެވެ.

މިއަދު ހުއްދަ ދިން ދެ ކުންފުންޏަކީ، މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީ (އެމްއެފްއެލްސީ) އަދި ބީއައިސީ ބޭންކް މޯލްޑިވްސްއެވެ.

އެމްއެފްއެލްސީ ބެންކަކަށް ބަދަލުކުރަން ހުއްދަދިނީ މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ބޭންކްގެ ނަމުގައި ޓިއަރ 1 ބޭންކެއްގެ ގޮތުގައި ހިންގުމަށެވެ.

އަދި ބީއައިސީއަށް ހުއްދަ ދީފައިވަނީ ވެސް ބީއައިސީ ބޭންކް މޯލްޑިވްސްގެ ނަމުގައި ޓިއަރ 1 ބޭންކްއެއް ގާއިމްކުރުމަށެވެ.

އެމްއެމްއޭއިން ބުނެފައިވަނީ، މިއަދު ދެވުނު ހުއްދައާ އެކު ހިދުމަތް ފެށުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭނެ ކަމަށް އެމްއެމްއޭއިން ކަނޑައަޅާ ޝަރުތުތައް ފުރިހަމަކުރުމުން މި ދެ ފަރާތަށް ރާއްޖޭގައި ބޭންކިންގ ހިދުމަތް ދިނުމުގެ ހުއްދަ ރަސްމީކޮށް ދޭނެ ކަމަށެވެ.

އަދި މިކަމުގެ ސަބަބުން، މާލީ ހިދުމަތްތައް ފުޅާކޮށް، ވާދަވެރިކަން އިތުރުކުރުމަށާއި އަދި ރާއްޖޭގެ މާލީ ދާއިރާގެ ދުރު ރާސްތާގެ ކުރިއެރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން