މަރްޔަމް ނަހްދާ ވަޙީދު   28 މޭ 2025 - 6:53
ހެނދުނު ސްކޮޓް ޖައްސަނީ
ހެނދުނު ސްކޮޓް ޖައްސަނީ
ކަސްރަތު ކުރުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. އާންމުގޮތެއްގައި ދުވަސް ފަށައިގަންނައިރު ކަސްރަތު ކުރުމަށް ގިން ޑޮކްޓަރުން ލަފާދެއެވެ. އެގޮތުން ހެނދުނު ހޭލާފައި ސްކުއަޓް ކުރުމަށް އާދަކޮށްފިނަމަ މީހާގެ ސިއްހަތަށް ގިނަ ފައިދާތަކެއް ލިބެއެވެ. މި ކަސްރަތަކީ ހަށިގަނޑުގެ ގިނަ މަސްތަކެއް ބޭނުންކޮށްގެން ކުރާ ކަސްރަތަކަށްވާތީ މީގެ އަސަރު މުޅި ހަށިގަނޑަށް ކުރެއެވެ.

ތިރީގައި މި ހިމަނާލަނީ ކޮންމެ ދުވަހަކު ހެނދުނު ހޭލާފައި 20 ސްކުއަޓް ކުރުމުން ލިބޭ 3 ފައިދާއެކެވެ.

މޫޑު ރަނގަޅުވުން

ކަސްރަތު ކުރުމުގެ ސަބަބުން ނަފްސާނީ ސިއްހަތަށް ވަރަށް ހެޔޮ އަސަރު ކުރެއެވެ. އެގޮތުން ކޮންމެ ދުވަހަކު ހެނދުނު ސްކުއަޓް ކުރުމުން އެންޑޯފީން ބޭރުވާވަރު އިތުރުވެއެވެ. އަދި އޭގެ ސަބަބުން މީހާގެ ހަށިގަނޑުގައި އުފާވެރި ހޯމޯނު އިތުރުވެ، މީހާގެ މޫޑު ރަނގަޅުވެއެވެ.

ބަރުދަލް ލުއިވުން

ސްކުއަޓް ކުރުމުން ހަށިގަނޑުގެ ގިނަ މަސްތަކެއް އެއްފަހަރާ ހަރަކާތްތެރި ވެއެވެ. އަދި މިކަމުގެ ސަބަބުން ހަށިގަނޑުގައި ހުންނަ ސަރުބީ ފަސޭހަކަމާއެކު ވިރައެވެ. އަދި ހަށިގަނޑުގައިވާ ކެލަރީތައް އަނދާވަރު އިތުރުވެއެވެ. މި ސަބަބުތަކާހުރެ ކޮންމެ ދުވަހަކު ހެނދުނު ސްކޮޓް ކުރާނަމަ މީހާގެ ބަރުދަން ލުއިވުމަށް އެހީވެދެއެވެ.

ކަށިތަކާއި ހުޅުތައް ވަރުގަދަވުން

ސްކުއަޓް ކުރުމަކީ ކަށިތަކާއި ހުޅުތައް ވަރުގަދަ ކޮށްދޭ ކަމެކެވެ. ސްކޮޓު ކުރުމުން މީހާގެ ކަށިތަކުގެ ޑެންސިޓީ އިތުރު ކޮށްދެއެވެ. އަދި ކަށިތަކުގެ ވަށައިގެންވާ މަސްތައްވެސް ވަރުގަދަ ކޮށްދެއެވެ. މީގެ އިތުރުން މި ހަރަކާތުގެ ސަބަބުން ޖޮއިންޓުތަކުގެ ފްލެކްސިބިލިޓީވެސް އިތުރުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން