ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަނުކުރުމުގެ ނަމުގައި ޖޭއެސްސީން ކުޅެނީ ޑްރާމާކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.
ޑރ. ދީދީ އެކްސްގައި ވިދާޅުވީ ޢައިރު ދުސްތޫރީ ބާތިލް އިޖްރާއާތެއްގެ ދަށުން ފަނޑިޔާރުން ވަކިކުރުމަށްފަހު، އައްޔަންކުރާ ފަނޑިޔާރުންނަކީ ވެސް ބާތިލް އިޖްރާއާތެއްގެ ދަށުން އައްޔަންކުރެވިފައިވާ ފަނޑިޔާރުން ކަމުގައި މެނުވީ ނުވާނެ ކަމަށެވެ.
ޑރ. ދީދީ ވިދާޅުވީ ދާދި ފަހުން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރީ ޖަދަލުގެ ބޭނުމަށް ކަމަށެވެ. އަދި އެ ފަނޑިޔާރުން ވަކިކުރީ ސައްހަ އިޖުރާއާތެއްގެ ދަށުންކަމުގައި ބެލިނަމަވެސް، ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރުމުގެ ނަމުގައި ޖޭއެސްސީއިން މިފަހަކަށް އައިސް ކުޅޭ ޑްރާމާ އަކީ އެއްވެސް ހާލެއްގައި ގާނޫނު އަސާސީގެ މަފްހޫމެއް އަދި ތަސައްވުރެއްވެސް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ގާނޫނު އަސާސީ ގެ ތަސައްވުރަކީ ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަންކުރަން ޖެހިއްޖެނަމަ، ބާރ އާއި ބެންޗް ގައި ހިމެނޭ “ރިނައުންޑް” ލޯޔަރުން/ފަނޑިޔާރުން ގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އަށް ފެންނަ ކެންޑިޑޭޓަކު އައްޔަންކުރުމާ މެދު ޖޭއެސްސީގެ މަޝްވަރާޔާ އެކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ފާސްކުރުމަށް ފަހު އައްޔަންކުރުން." ޑރ. ދީދީ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުން ވަކިކުރި ދެ ފަނޑިޔާރުންގެ ބަދަލުގައި އެ ދެ މަގާމަށް މުހައްމަދު ސަލީމް އަދި އަބްދުﷲ އައްޔަނުކުރަން ލަފާދޭން ޖޭއެސްސީއިން މިހާރު ވަނީ ނިންމައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު